ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ގައިދީން މިނިވަންކުރުމުގެ ބަދަލެއްގެ ގޮތުން ޙަމާސްއިން އިތުރު އަސީރުން ދޫކޮށްލަނީ

ޙަމާސްއިން ދޫކޮށްލުމަށް ހަމަޖެހިފައިވާ އަސީރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ޙަމާސްއިން އިތުރު އަސީރުން ދޫކޮށްލުމަށް ނިންމައިފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޙަމާސްއިން މިފަހަރު ދޫކޮށްލަނީ އަލީ ޝަރާބީ، އޮހަދް ބެން، އަދި އޮރ ލެވީއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ޙަމާސްއިން 18 އަސީރުން ދޫކޮށްލާފައިވާއިރު، އޭގެ ބަދަލުގައި އިޒްރޭލުން ވަނީ އެ ޤައުމުގެ ޖަލުތަކުގައި ތިބި 300ށް ވުރެ ގިނަ ގައިދީން މިނިވަންކޮށްފައެވެ. ހޮނިހިރު ދުވަހުވެސް އެ 3 އަސީރުންގެ ބަދަލުގައި 183 ފަލަސްތީނު ރައްޔިތުން ދޫކޮށްލުމަށް ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޙަމާސްއާއި އިޒްރޭލާ ދެމެދު ޙަމަލާ ބަދަލުކުރުންތައް ފެށުނުފަހުން ޙަމާސްއިން ވަނީ 251 މީހަކު ޙަމާސްގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އެކި މަރުޙަލާތަކަށް ބަހާލައިގެން އަސީރުން މިނިވަން ކުރުމަށް ހަމަޖެހިފައިވެއެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދިޔަ ޙަމަލާތަކުގައި 47،500ށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި ގާޒާގެ ބޮޑުބައި ސުންނާފަތިވެފައިވާއިރު، ގާޒާ އާރާސްތުކުރުމަށް ބައިނަލްއަޤުވާމީ އެހީއަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: