ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރުގެ ދާއިރާގެ ވައުދުތައް ތަންފީޒު ކުރާނެ، ވަގުތު ބޭކާރު ކުރުމެއް ނެތް: ރާފިއު

ސްޕޯޓްސް މިނިސްޓަރ ރާފިއު: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރުގެ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ތަންފީޒު ކުރުމަށް، މި އަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައަޅުއްވާފައިވާކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާއާއި ގުޅޭގޮތުން ހިމެނުއްވި ތަފްސީލުތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ރާފިއު ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނާއި ހަމައަށް އައިއިރު ކުރީ އަހަރު އެމަނިކުފާނު ހާމަކުރެއްވި ކަންކަން ތަންފީޒު ވެގެން އައިކަމަށެވެ. އަދި ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާ ސިޔާސަތުތަކަށް ހާއްސަކޮށް ބަޖެޓުގައި ފައިސާ ކަނޑައެޅިފައިވާކަމަށް ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ ކުޅިވަރުގައި ދާންވީ މިސްރާބު ނޭނގި އޮތްނަމަ އޭގެ ސަބަބުން ވަރަށް ބޮޑަށް ވަގުތު ބޭކާރުވާކަމަށެވެ. ކަންބޮޑުވުންތައް ހައްލު ކުރުމަށް މިދިޔަ އަހަރު އެކި ބައްދަލުވުންތައް ގެންގޮސްފައިވާކަން ފާހަގަކުރައްވައި ރާފިއު ވިދާޅުވީ ބައެއް ކަންކަމުގައި ބޭރުގެ ކޮންސަލްޓަންޓުންގެ އެހީ ހޯދާފައިވާނެކަމަށެވެ. އަދި ރާއްޖޭގެ ދާއިރާގެ ހިދުމަތްތެރިންނާއި، ތަޖުރިބާކާރުންގެ އިތުރުން އެސޯސިއޭޝަންތަކާއި މަޝްވަރާ ކުރުމުގެ ތެރެއިން މުހިންމު ހުށަހެޅުންތަކެއް ލިބުނުކަމަށް ރާފިއު ވިދާޅުވި އެވެ.

ރާފިދު ވިދާޅުވީ ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް ކުރި މަސައްކަތުގައި، ކީ ގްރޫޕްތަކެއް އެކުލަވާލިކަމަށެވެ. އަދި މިހާރު ފޯމް ކުރެވިފައިވާ ގޮތަށް، އެސޯސިއޭޝަންތަކައި އެކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު އިތުރު މަސައްކަތްތައް ކުރަމުންދާކަމަށް ރާފިއު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ރައީސް މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގައު ކުޅިވަރުގެ ވަސީލަތްތަކަށް އަޅާނުލެވި އޮތް މިންވަރު ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ދަނޑުތަކާއި، ސެންޓަރުތައް މަރާމާތު ނުކޮށް ހުރުން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: