ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަން ކުރިއެރުވުމަށް ކޮންމެ މަރުހަލާއެއްގައިވެސް އެހީވުމަށް ބީއެމްއެލް އޮތީ ތައްޔާރަށް: ޝަރީފް

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފު ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކޮންމެ މަރުހަލާއެއްގައި އެހީތެރިވުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފުރިހަމަ މާލީ ހައްލުތަކާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޮތީ ތައްޔާރަށްކަމަށް އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

މީގެ އިތުރުން ޝަރީފް ވަނީ ބީއެމްއެލްގެ ހަރުދަނާ މާލީ ހާލަތާއި ބޭންކިންގެ ފުޅާ ނެޓްވޯކާއި އަދި ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ އުފެއްދުންތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.

ބީއެމްއެލް އިން އަހަރަކު 150 މިލިއަނަށް ވުރެ ގިނަ މާލީ އެކި މުއާމަލާތުތައް ކުރާ ކަމަށް ފާހަގަކޮށް ޝާރީފް ވިދާޅުވީ، މި މުއާމަލާތްތަކުގެ ޖުމްލަ އަގު 500 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. މީގެ ތެރޭގައި ފަތުުރވެރިކަމުގެ ސިނާއަތަށް އެހީވުމަށް ކުރާ ގިނަ އަދަދެއްގެ ޔޫއެސް ޑޮލަރުގެ މުއާމަލާތްތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލް އިން ރިސޯޓު މަޝްރޫއުތަކަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް މި މުއްދަތުގެ ތެރޭގައި ފައިނޭންސް ކޮށްދީފައިވެއެވެ. އަދި ރިސޯޓުތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ހަ ބިލިއަނަށް އަރާކަމަށް އޭނާ ވިދާޅުވިއެވެ.

އެއްވެސް ދަތިކަމެއް ނެތި، ފަތުރުވެރިކަމާއި ގުޅޭ ވިޔަފާރިތަކަށާއި، ފަތުރުވެރިންނަށްވެސް އެއްވެސް ދަތިކަމެއް ނެތި މާލީ މުއާމަލާތުތައް ކުރެވޭނެކަން ކަށަވަރު ކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ރިސޯޓު ތަރައްގީ ކުރުމަށް ފައިނޭންސް ކޮށްދީ، ބޭންކުން ވަނީ ވާކިން ކެޕިޓަލް، ވިޔަފާރި ފައިނޭންސިން އަދި ޑިޖިޓަލް ޕޭމަންޓް ހައްލުތައް ގެނެސްދީފައިކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ހަފްލާގައި ބީއެމްއެލްގެ ގްރީން ރިސޯޓު ފައިނޭންސިން ފެސިލިޓީ ވަނީ ތައާރަފުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: