ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދަނީ ޓެކްސީ ޑްރައިވަރުންގެ ޙައްޤަށް އަރައިގަންނަމުން: ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ޓެކްސީ ޑްރައިވަރުންގެ ޙައްޤަށް ސަރުކާރުން އަރައިގަންނަމުންދާކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް އެފަދައިން ވިދާޅުވީ ޓެކްސީ ޑްރަވައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖަށް ދިވެހި ފުލުހުންގެ ހިދުމަތުން ހުރަސް އެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއް ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.

ނާޒިލް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި އިޖާބަ ދީފައިނުވާ ކަމަށާއި، މި މައްސަލަތަކަކީ މީގެ ކުރިން މަޖިލީހުގެ ސަމާލުކަމަށްވެސް ގެނެސްފައިވާ މައްސަލަތަކެއް ކަމަށެވެ.

މިއަދު ޓެކްސީ ޑްރައިވަރުންގެ ޙައްޤަށް ސަރުކާރުން އަރައިގަންނަމުންދާކަން ފާހަގަ ކުރައްވައި ނާޒިލް ވިދާޅުވީ، ސަރުކާރުން ރަނގަޅަށް ކަންކަން ނުކުރާނަމަ ކަންކަން ދެންވެސް ދާނީ ގޯހުން ގޯހަށް ކަމަށެވެ. މިސާލަކަށް ވަޒީރަށް ޒިންމާ އަދާ ނުކުރެވޭނަމަ އެ ވަޒީރެއް މަޤާމުން ބަދަލު ކުރެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިލައްވާފައިވާ ބާރެއްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންނާ ގުޅުންހުރި މިފަދަ ގިނަ ކަންތައްތަކެއްގައި ސަރުކާރުން އެބަޖެހޭ އިސްނަގައިގެން މަސައްކަތް ކުރަން

މި މައްސަލައިގައި މީގެ ކުރިން ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވަނީ ޓެކްސީގެ ޙިދުމަތް ދެއްވާ ފަރާތްތަކަށް ގެއްލުންވާނެ ގޮތަކަށް ސަރުކާރުން އަމަލެއް ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ޓެކްސީ ކުރާ ފަރާތްތަކުގެ އާމްދަނީއަށް ގެއްލުން ނުވާ ގޮތަށް ޓެކްސީގެ ޙިދުމަތުގެ ނިޒާމު ބައްޓަން ކުރެވިދާނެ ކަމަށާއި، ޓެކްސީ ޤަވައިދު ހަރުދަނާކުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ ރައްޔިތުން އުޅެމުންދާ ތަނެއްގައި ފަސޭހަކަމާއެކު ޓެކްސީ ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އަދި މާލެ ސަރަހައްދުގައި އެ ކެޕޭސިޓީއެއް ނެތް ކަމަށާއި އެހެންކަމުން ކެޕޭސިޓީ އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކެޕޭސިޓީ އިތުރުކުރާއިރު، ކެޕޭސިޓީ ބިލްޑިންއިން އަދި ސެކިއުރިޓީ ގޮތުން ރައްކާތެރި ވެހިކަލްތަަކަށް ބަދަލުކުރައްވަން ޖެހޭ ކަަމަށްވެސް ވަނީ ފާހަގަކުރައްވައިަފއެވެ.

މީގެ އިތުރުން، ޓެކްސީ ހޯދަން ބޭނުންވާ ވަގުތުތަކުގައި ޓެކްސީ ނުލިބުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޑްރައިވަރުންނާއި ޓެކްސީއަށް އަރާ ފަސިންޖަރުންނަށް ޓެކްސީ ގަވާއިދުގައި ކަނޑައަޅާފައިހުރި މިންގަނޑުތަކަށް ޚިދުމަތް ނުލިބޭކަމަކީ ޒަމާނުއްސުރެ އޮންނަ ޝަކުވާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: