ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް ހައުސިން ފައިނޭންސް ފެސިލިޓީތަކަށް ބޮޑު ބަދަލުތަކެއް ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭހެން ގެދޮރު ގަތުމާއި، ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ފައިނޭންސް އަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

މިގޮތުން ގެނެސްފައިވާ ބަދަލުތަކަކީ:

ހޯމް ޕަރޗޭސް ފައިނޭންސިންގް ( ގެދޮރު ގަތުމަށް)

  • މިހާރު ބިން، ގަރާޖް އަދި ޕާކިން ސްޕޭސް ގަނެވޭނެ ގޮތް ހަމަޖެއްސުން
  • 3 މިލިއަން ރުފިޔާއާ ހަމަޔަށް އަގުހުރި ޕްރޮޖެކްޓްތަކަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު 10 އިންސައްތަ އަށް ދަށްކުރުން

ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގް ( ގެދޮރު މަރާމާތްކުރުން)

  • ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން
  • ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާއަށް އިތުރުކުރުން
  • މަޝްރޫޢުން ލިބޭ އާމްދަނީ މިހާރު ބަލައިގަތުން

ހޯމް ބިލްޑް ފައިނޭންސިންގް ( ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް)

  • ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 2 މިލިއަން ރުފިޔާއަށް އިތުރުކުރުން
  • އަލަށް ފައިނޭންސް ނަގާ ފަރާތްތަކަށްވެސް މި ފައިނޭންސަށް އެދި ހުށަހެޅޭ ގޮތް ހަމަޖެއްސުން.
  • ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށް ފައިނޭންސަށް ޝަރުތު ހަމަވާ އާމްދަނީގެ އަދަދު ދަށްކުރުން

ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުގައި ހޯމް ފައިނޭންސިންގް ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށާއި މިއަދު ގެނައި ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާންމު ފަރުދުންނާއި އާއިލާތަކުގެ ތެރެއިން މިހާރަށް ވުރެ ގިނަ އަދަދެއްގެ ބަޔަކަށް ގެދޮވެރިންނަށް ވުމަށް ބޭނުންވާ ފައިނޭންސިންގް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 17%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: