ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއަށް ދޫކުރާ ފައިނޭންސްތަކަށް ހެޔޮ ބަދަލުތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

މިގޮތުން ބަދަލު ގެނައީ، ރިއަލް އެސްޓޭޓް ފައިނޭންސިންގް އާއި ގެސްޓްހައުސް ފައިނޭންސިންގް އާއި ވަރކިންގ ކެޕިޓަލް ފައިނޭންސިންގްއަށެވެ.

ގެނެވުނު ބަދަލުތައް

ރިއަލް އެސްޓޭޓް ފައިނޭންސިންގް

  • އިކުއިޓީ ( އަމިއްލަ އަށް ކުރަންޖެހޭ ޚަރަދު) 30% އިން20% އަށް ދަށްކުރުން
  • ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން
  • ދިގު މުއްދަތަށް ކުއްޔަށް ހިފުމަށާއި، ކޮންޓްރެކްޓަރުންނާއި، ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި، ކުންފުނިތަކާއި، މުއައްސަސާތަކާއި ރަޖިސްޓަރ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށްވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު މިހާރު ފައިނޭންސިންއަށް ހުށަހެޅޭނެގޮތް ހަމަޖެއްސުން

ގެސްޓްހައުސް ފައިނޭންސިންގް

  • ފައިނޭންސިންގްއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖެއްސުން
  • ގެސްޓްހައުސް ހިންގާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ 11% ގެ ރޭޓުން ފައިނޭންސިންގް ލިބުން
  • އަލަށް ފަށާ ގެސްޓްހައުސްތަކަށް 12% ގެ ރޭޓުން ފައިނޭންސިންގް ލިބުން

ވަރކިންގ ކެޕިޓަލް ފައިނޭންސިންގް

  • ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ފައިނޭންސިންގް ނެގޭ ގޮތް ހަމަޖެއްސުން
  • ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައް ލުއިކުރުން

މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި ބަދަލަކީ ދިވެހި ވިޔަފާރިތަކަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލެއްކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް ހޯދަން ފަސޭހަ ކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން ދަނީ ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދެމުންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: