ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓްރީގައި އެކަށީގެންވާ މަސައްކަތުގެ މާހައުލެއް އޮވޭތޯ ކަށަވަރު ކުރިން: މިނިސްޓަރ

އިޖުތިމާއީ އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާގެ ވަޒީރު ވަޒީރު ޑރ އައިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީގައި އެކަށީގެންވާ މަސައްކަތުގެ މާހައުލެއް އޮވޭތޯ ކަށަވަރުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކޮށްފައިވާނެކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގައި ސިޔާސީ ނުފޫޒުން ސަލާމަތްވެ، މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ، މާހައުލެއް އެބަ އޮތްތޯ މިނިސްޓަރާއި ސުވާލުކޮށްފައެވެ.

ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގައި މަސައްކަތް ކުރަމުން އައި މުވައްޒަފެއް މިނިސްޓްރީއާއިމެދު، މިފަދަ ތުހުމަތުތަކެއްކޮށް އެވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުކުރިކަން، ސަމާލުކަމަށް އައިކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި، މިނިސްޓްރީއިން އެއްވެސް ގާނޫނެއް، ގަވާއިދެއް ނުވަތަ، އުސޫލަކާއި ހިލާފުވެފައިވޭތޯ ބެލުމަށް ސިވިލް ސަރވިސް ކޮމިޝަނުގައި އެދުނިންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެއަށްފަހު ކޮމިޝަނުން ވަނީ ބަލަން ޖެހޭ ކަންކަން ބަލާފައިކަމަށެވެ. ނަމަވެސް މިނިސްޓްރީއިން އެއްވެސް އުސޫލަކާއި، ހިލާފުވެފައި ނުވާކަމަށް ކޮމިޝަނުން އެންގިކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީގެ އެއްވެސް އެހެން މުވައްޒަފަަކށް އެކަކުގެ ސަބަބުން ގެއްލުންވެފައިވޭތޯ ބެލުމަށްވެސް އެދުނިން.

މިނިސްޓަރ ވިދާޅުވިއެވެ.

އެ މިނިސްޓްރީއަކީ މިފަދަ ކަންކަމުގައި ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭން އޮންނަ މިނިސްޓްރީކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީއާއި ގުޅޭ މިފަދަ ވާހަކަތަކެއް ދައުރުވުމުން ހަމަ ހަގީގަތުގައިވެސް ކަންބޮވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގުން“ ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުން އަންނަ އެލަވަންސްތައް އަލުން މުރާޖައާ ކުރުމުގެ މަސައްކަތުގެ އަޕްޑޭޓަކާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ، މި މަސައްކަތް ކުރިއަށްދާކަމަށެވެ.

މިއީ ވަރަށް ގިނަ ކަންތައްތަކެއް ހިމެނޭ މައްސަލައަކަށްވާތީ، ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ފުރަތަމަ ކުރަން ޖެހެނީ މީގެ ކުރިން ދެމުން އައި އެލަވަންސްތައް ހާމަނައިޒް ކުރުމުގެ މަސައްކަތްތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެލަވަންސްތައް މުރާޖައާ ކުރުމާއި ގުޅޭ ގޮތުން، ގޮތް ނިންމަން ޖެހެނީ މި މައުލޫމާތުތަކުގެ އަލީގައިކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ގެންދަވަނީ މި ކަންތައް ވަރަށް ގާތުން ބައްލަވަމުންކަމަށެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެލަވަންސް މުރާޖައާ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: