ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ދަފްތަރު ބެލެހެއްޓުން ހަރުދަނާ ކުރުމަށް ރައީސް އަންގަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީގެ) ދަފްތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިންވެސް އިތުރަށް ހަރުދަނާ ކުރުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު އަންގަވައިފިއެވެ.

ޕީއެންސީން ވަނީ އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާލައި އެ ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން ޕީއެންސީން ވަނީ ބަޔާނެއް ނެރެފައެވެ.

އެ އިއުލާނުގެ ސުންގަޑި 2025 ފެބްރުއަރީ 10 ވަނަ ދުވަހުގެ 15:00 އަށް ވަނީ ހަމަވެފައެވެ.

ޕީއެންސީން ބުނީ އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް އެ ޕާޓީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މެމްބަރޝިޕް ޑްރައިވަށްފަހު ޕާޓީގެ ދަފްތަރާމެދު އާންމުންގެ ޝަކުވާތައް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ ޕާޓީންވެސް ވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޭރު ހުޅުވާލާފައެވެ. އަދި އެ ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕީއެންސީން ބުނީ، އެ ޕާޓީގެ ދަފްތަރުގެ ސައްޙަކަން ކަށަވަރު ކުރުމާއެކު ދަފްތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިންވެސް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސީދާ އެންގެވުމުގެ މަތިން ކުރައްވާ މަސައްކަތެއްކަން ޕާޓީން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެއްވެސް ޝަކުވާއެއް އޮތްނަމަ ޕާޓީގެ މައި އިދާރާ ނުވަތަ ރަށްރަށުގެ ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކަށް ހުށަހެޅުމަށް ޕާޓީން ވަނީ އެދިފައެވެ. އެގޮތުން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އޭޕްރީލް 13 ވާ އާދިއްތަ ދުވަހުގެ 15:00 އެވެ. އަދި އެގޮތުގެ މަތިން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ޕާޓީން އަޅަމުންދާނެކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީން ހިންގި މެމްބަރޝިޕް ޑްރައިވްގައި އެތައް ހާސް ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު، މަދު އަދަދެއްގެ ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި މެމްބަރޝިޕް ޑްރައިވަކީ ރާއްޖޭގައި މިހާތަނަށް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ސިޔާސީ ޕާޓީއަކަށް މެމްބަރުން ވަނުމަށް ފޯމު ހުށަހެޅުނު އެއް ހަރަކާތް ކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.

ޕީއެންސީން އިތުރަށް ބުނެފައިވަނީ ޕާޓީގެ އިދާރީ މުވައްޒަފުން ބުރަކޮށް މަސައްކަތްކޮށް ޕާޓީގެ އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް އެ ފޯމުތައް އަޕްލޯޑު ކުރަމުން ދިޔަ ނަމަވެސް، ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ޕާޓީގައި ނެތް ކަމަށެވެ. އަދި މިއީ ހަމައެކަނި ޕީއެންސީއަށް ދިމާވެފައިވާ ގޮންޖެހުމެއް ނޫން ކަމަށާއި، ރާއްޖޭގައި ވަސީލަތްތައް ހުރި ގޮތުން މިއީ ހުރިހާ ޕާޓީތަކަށްވެސް ދިމާވާ މައްސަލައެއް ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: