ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީޖޭއޭގެ ސާވަރ މައްސަލައަކާއެކު، ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ބުރޫއަރާފައި!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ސާވަރަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކްރިމިނަލް ކޯޓުގެ ޝަރީޢަތްތަކަށް ބުރޫއަރައިފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ފާއިތުވި ހޮނިހިރު ދުވަހުން ފެށިގެން އޮންލައިންކޮށް ކުރިއަށްގެންދާ އެންމެހައި ޝަރީޢަތްތައް ވަނީ މެދުކެނޑިފައެވެ. މީގެ ސަބަބުން ކޯޓުގެ ޝަރީޢަތްތަކާއި އެހެނިހެން މަސައްކަތްތަކަށް ވަރަށް ބޮޑު ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން، ގިނަ އަޑުއެހުންތައް ކުރިއަށްގެންދަނީ އޮންލައިންކޮށެވެ. މިގޮތުން، ބަންދުގައި ތިބޭ ދަޢުވާލިބޭ ފަރާތްތަކާއި، ދައުލަތުގެ ވަކީލުންނާއި، ދިފާޢީ ވަކީލުންގެ އިތުރުން، އަތޮޅުތެރޭގައި ދިރިއުޅޭ ހެކިންގެ އަޑުއެހުންތައްވެސް މިހާރު ކުރިއަށްގެންދަނީ އޮންލައިންކޮށްކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އެ ކޯޓުން މިހާރު ކުރިއަށްގެންދާ މައްސަލަތަކުގެ 80 އިންސައްތައަކީ އޮންލައިންކޮށް ކުރިއަށްގެންދާ މައްސަލަތަކެވެ. އެހެންކަމުން، ސާވަރަށް ދިމާވި މައްސަލައާ ގުޅިގެން، ކޯޓުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ގިނަގުނަ ދަތިތަކެއް ކުރިމަތިވެފައިވެއެވެ. މީގެ ތެރޭގައި އިންޓަނެޓާއި ކޯޓުގެ ނެޓްވޯކް އަދި ފޯނު ލައިންތައް މެދުކެނޑުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: