ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޒަކާތު ހައުސްއަށް ޖަމާކުރެވޭނެ ނިޒާމެއް ޤާއިމުކުރަނީ

ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ޒަކާތުހައުސް އިފްތިތާޙް ކޮށްދެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޒަކާތު ހައުސްއަށް ޖަމާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް މުދަލު ޒަކާތުގެ އިތުރުން އެހެނިހެން ހެޔޮކަންކަމަށް ހޭދަކުރެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފުތާގައި ތަޢާރަފުކުރެވޭނެ ކަމަށް ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ޞަދަޤާތް، ޚައިރާތް، ހިބަ އަދި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހިމެނެއެވެ.

މި އިންތިޒާމު ހަމަޖެއްސުމުގެ މަޤްޞަދަކީ ދިވެހި ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ، ރާއްޖޭގައި އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް އަމާޒުކުރެވޭނެ ނިޒާމެއް އުފެއްދުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި ހެޔޮކަންކަމަށް ހޭދަކުރުމުގެ ޙާޖަތު ރާއްޖޭގައި ވަރަށް ބޮޑަށް އޮތްއިރު، މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރުމަށް އިސްކަންދިނުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ގިނަ ރަށްރަށުގައި މިސްކިތްތަކާއި ޤުރުއާން ކްލާސްތަކާއި އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ ބޭނުން އެބައޮތެވެ. އަދި ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީކުރަމުންދަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއް ކަމުގައިވާ ކުވައިތު ޒަކާތު ހައުސްގެ ނަމޫނާއަށް ބަލައިގެން ކަމަށްވެސް ހާމަކުރެއްވިއެވެ.

ޒަކާތު ހައުސްއިން އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީ ދިނުން ހިމެނެއެވެ. ޚާއްޞަކޮށް ކެންސަރު، ހިތުގެ އޮޕަރޭޝަން، ކިޑްނީ ބަލިތައް، ސިކުނޑީގެ އޮޕަރޭޝަން އަދި އެހެނިހެން ބަލިތަކަށް އެހީތެރިކަން ފޯރުކޮށްދެވެއެވެ.

ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުން ހިމެނެއެވެ.

މީގެއިތުރުން، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި، އަދާހަމަކޮށް ބެލެހެއްޓުމާއި، ރާއްޖޭގެ ޒަކާތު ފަންޑުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށްޓަކައި، އެ ފަންޑު ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: