ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޅު ރަށްތައް ވަކި ގިންތިއެއްގެ މީހުންނަށް ދޫކުރާ ދޫކުރުން މި ސަރުކާރުން ބަދަލުކޮށްފި: އާދަމް ޝަރީފް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަޅު ރަށްތައް ވަކި ގިންތިއެއްގެ މީހުންނަށް ދޫކުރާ ދޫކުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަދަލުކޮށްފައިވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ގޮތް ނޫން އެހެން ގޮތަކަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެކަމަށެވެ.

އެގޮތުން މިނިސްޓަރު ފާހަގަކުރެއްވީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރުމެވެ. ފަޅު ރަށްތައް ވަކި ގިންތިއެއްގެ މީހުންނަށް ދޫކުރާ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ އެ ކަންތައްތައް ބަދަލުކުރައްވަމުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްގައި ފަޅު ރަށްތައް ހިމަނައިދޭ ގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެން ވަރަށް ގިނަ ކައުންސިލްތަކުން އެކަމަށް އެދެމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހެޅުމުން ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތްތައް ކުރުމަށް ފަރުމާކޮށްފައި ހުންނަ ޕްރޮޕޯސަލްތަކަށް ސަރުކާރުން ހުއްދަ ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ވިޔަފާރީގެ ގިނަ ބޭނުންތަކަށް ރަށްތައް ބޭނުންކުރެވޭ ގޮތަށް ކައުންސިލުތަކަށް ދޫކުރުމާއި ބެހޭގޮތުން ސަރުކާރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކަށެވެ.

މި އުސޫލު އާންމުކުރުމުގެ ކުރިން ކައުންސިލުތަކަށް ރަށްތައް ދެމުން އައިސްފައިވަނީ އެތަންތަން ބަލަހައްޓާ އުސޫލުގެ ދަށުންކަމަށްވާއިރު، އައު އުސޫލާއިއެކު، ކައުންސިލުތަކަށް ދޫކުރާ ރަށްތަކުގައި އިގްތިސާދީ މަންފާތައް ހާސިލުކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރުމަށް ރަށްތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: