ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހު ކާބޯތަކެތި އެތެރެ ކުރަން ޚާއްސަ އިންތިޒާމުތަކެއް!

ކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "އަހާ ފޯރަމް" ގައި ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަށް ހާއްސަކޮށް ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރުމުގައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި މާހެފުމުގެ ތެރެއިން ”ސަންގާއި“ ވާހަކަދައްކަވަމުންނެވެ. މި މަސައްކަތް ކުރާޏީ މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ތަކެތީގެ އަގަށް އައި ބަދަލުތަކަށް ބަލައިގެންކަމަށް ފާހަގަކޮށް ސައީދު ވިދާޅުވީ، ރައީސް އޮފީހާއި އިކޮނޮމިކް މިނިސްޓްރީން މި އަހަރުގެ އަގުތައް ގާތުން ބަލަމުންދާނެކަމަށެވެ.

ކާބޯތަކެތި އެތެރެކުރާ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަކަމށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގެ ތެރެއިން ފެންމަތިވީ މައްސަލަތައް ހައްލުކޮށް، ކަންކަން ރަނގަޅު ކުރަމުން އަންކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއްނަމަ އަބަދުވެސް ފޯރުކޮށްދެމުން ދާނެކަމަށް ވިދާޅުވިއެވެ.

ބަނދަރުގައި ހުންނަ މުދާ އެތެރެ ކުރުމަށް ލަސްވާ މައްސަލައަށް ހައްލު ގެނައުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް މަސައްކަތް ކުރަމުންދާކަމަށް ފާޙަގަކުރެއްވިއެވެ. އަދި މުދާ ކްލިއާ ކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަސްޓަމްސް އާއިއެކު މަސައްކަތްތަކެއްކޮށް،  ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ. އެއާ ކާގޯގައި ގެންނަ މުދާ ލަސްވެދާނެކަމަށް ބަލައިވެސް ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލު ގެނައުމަށްޓަކައި ބިޒްނަސް ކައުންސިލާއެކު ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދަ މަހާ ދިމާކޮށް އަސާސީ ތަކެތީގެ އަގު ބޮޑުވާ މައްސަލަ ކޮންމެ އަހަރުވެސް ފެންމަތިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: