ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮނޑިގެއްލޭ އިސްލާޙުގެ މައްސަލައިގެ އަޑުއެހުން މިއަދު 11:00 ގައި

ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން--- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފާއިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު 11:00ށް ތާވަލުކޮށްފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައި މިވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ނިންމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށްދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. 

މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދިފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން މަޖިލީހަށް ބިލެއްވެސް ވަނީ ހުށަހެޅިފައެވެ. އަދި އެ ބިލަށް ވޯޓު ނުދޭ މެމްބަރުން ޕާޓީން ވަކިކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލުވާލާނެކަމުގެ ތުހުމަތުތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިމިވާ މައްސަލައިގައި އަލީ ހުސައިން ކޯޓުގައި ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރި ކަމަށް ފެނުނު ނަމަވެސް، އެއް ދުވަހެއްގައި ގާނޫނުއަސާސީއަށް އިސްލާހު ހުށައަޅައި ހަމަ އެދުވަހު މަޖިލީހުގައި ހިންގަންޖެހޭ ތިން ކިޔުން ހިންގާ، އަދި އިސްލާހު ފާސްކޮށް 9 ގަޑިއިރުގެ ތެރޭގައި އެކަން ތަސްދީގުކުރުމަކީ ގާނޫނުއަސާސީގެ މަފްހޫމަށް ބަލާއިރުއާއި އަދި ރައްޔިތުންގެ މަޖިލީހުގައި ހުރިހާ މެމްބަރުން ތިއްބަވާއިރު ފަހަތުގައި ލިޔެފައިވާ ”وَأَمْرُهُمْ شُورَىٰ بَيْنَهُمْ“ ގެ އުސޫލަށްވެސް ބަލާއިރު އިޖުރާއަތްތަކާއި އެއްގޮތަށް ފާސްކުރިކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަލީ ހުސައިންގެ ފަރާތުން މި މައްސަލަ ހުށަހަޅުއްވަމުން ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިމިވާ މައްސަލަ ބިނާވަނީ މައިގަނޑު 4 ސަބަބެއްގެ މައްޗަށް ކަމަށެވެ. އެގޮތުން މިއީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ޚިލާފު އިސްލާޙެއްކަމަށް ވަކީލު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: