ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ ހިއްކުމުގެ މައްސަލައިގައި އެޗްޑީސީއަށް އެއްވެސް ގާނޫނީ ލަފައެއް ނުދެން: ބަންޑާރަ ނައިބު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ ހިއްކުމުގެ މައްސަލަގައި ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް އެއްވެސް ގާނޫނީ ލަފައެއް ދީފައިނުވާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝަމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

މެންބަރު ސުވާލުކުރީ، ރަސްމާލެ ހިއްކަން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއިއެކީ އެޗްޑީސީއިން ސޮއިކުރި އެއްބަސްވުން އުވާލައި، އެހެން ކުންފުންޏަކާއި މަސައްކަތް ހަވާލުކުރުމަށްފަހު، ސީއެމްސީއަށް ބަދަލު ދިނުމަށްޓަކައި އެ ކުންފުންޏާއިއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ސީފައިވާ ގާނޫނީ ލަފަޔަކީ ކޮބައިތޯއެވެ.

ލިޔުމުން ފޮނުއްވި ޖަވާބުގައި އުޝާމް ވިދާޅުވީ، ދައުލަތާއި ގުޅުން ހުރި ގާނޫނީ އެންމެހާ ކަންކަމުގައި ސަރުކާރަށް ލަފާ ދިނުމަކީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތެއްކަމަށެވެ. އަދި ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުނިތަކަކީ އެ ކުންފުނިތައް އުފެއްދުމާއިއެކު އެ ކުންފުނިތަކުގެ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ގާނޫނީ ޝަހުސިއްޔަތު ލިބިގެންވާ ކުންފުނިތަކެއްކަމަށް އުޝާމް ވިދާޅުވިއެވެ. އަދި އެ ކުންފުނިތަކަށް އުފުލޭ މުދަލާ، ނުއުފުލޭ މުދާ، ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، އުފުލޭ މުދަލާ ނުއުފުލޭ މުދާ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ލިބިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، އެކަންކަމުގެ ހައްގު ލިބިގެންވާ އަދި ސިއްކައެއް އޮންނަ، ވަކި ގާނޫނީ ޝަހުސުތައްކަމަށްވާތީ އެފަދަ ކުންފުނިތަކަށް ލަފާ ދިނުމަކީ އާންމު އުސޫލުން މި އޮފީހުން ކުރާ މަސައްކަތެއް ނޫންކަމަށެވެ.

އެހެން ނަމަވެސް ދައުލަތް ނުވަތަ އާންމު މަސްލަހަތު ހިމެނޭ ބޮޑެތި މައްސަލަތަކުގައި ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ދައުލަތުގެ ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކުން ލަފަޔަކަށް އެދިއްޖެ ހާލަތެއްގައި ނުވަތަ އެފަދަ ކަމެއްގައި ލަފަޔަކަށް އެދިއްޖެ ހާލަތުގައި ބަނޑާރަ ނައިބުގެ ހައިސިއްޔަތުން ގާނޫނުގެ ވެރިކަން ނަގަހައްޓާ ހިމާޔަތްކުރުމަށާއި، ރައްޔިތުންގެ މަންފާއަށް ކޮންމެހެން ކުރަން ޖެހިއްޖެކަމެއްކަމުގައި ފެނިއްޖެ ހިނދެއްގައި އެފަދަ ފަރާތްތަކަށް ލަފައެއް ދިނުމަށް ހުރަހެއްވެސް ނެތްކަމަށްވެސް ވިދާޅުވެފައިވެއެވެ.

މެންބަރު ފާހަަގަކުރި މައްސަލައިގައި ލަފަޔަކަށް އެދިފައިނުވާކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން އެ ކުންފުންޏަށް ގާނޫނީ ލަފައެއް ދީފައިވެސް ނުވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: