ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގައި އަމަލުކުރަނީ އުސޫލާއި އެއްގޮތަށް: ޑރ ޝަހީމް

ސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގައި އަމަލުކުރަނީ އުސޫލާއި އެއްގޮތަށްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މައުރޫފް ސުވާލުކުރީ ހައްޖަށް ދިއުމަށްޓަކައި ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ރާއްޖެއަށް ދޫކުރަނީ ކިތައް ކޯޓާތޯ އާއި ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ ދޭ ފަރާތްތައް ކަނޑައެޅުމުގައި އެ ކޯޓާ ދެނީ އެންމެ ހައްގުވެރި ފަރާތްތަކަށްކަން ކަށަވަރުކުރުމުގައި އަމަލުކުރާނެ އުސޫލެއް އޮވޭތޯއެވެ. އަދި ސައުދީ ސަރުކާރުން ދޫކުރާ ކޯޓާގެ ތެރެއިން ސަރުކާރާއި ހައްޖު ކޯޕަރޭޝަނާއި މިނިސްޓްރީގެ ބޭނުމަށް ކޯޓާ ކަނޑައަޅަނީ ކޮން އުސޫލަކަށް ރިއާޔަތްކޮށްގެންތޯ ވެސް މައުރޫފް ވަނީ ސުވާލުކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ ހައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭ ގޮތުން ރާއްޖެ އާއި ސައުދީއާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބެނީ 1000 ކޯޓާ ކަމަށެވެ.

ރާއްޖެއިން މީހުން ހައްޖަށް މީހުން ގެންދިއުމާއި ބެހޭ އުސޫލައި އަމަލުކުރަންވީ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސައުދީ ސަރުކާރުން ދޫކުރާ ކޯޓާގެ ތެރެއިން ސަރުކާރާއި ހައްޖު ކޯޕަރޭޝަނާއި މިނިސްޓްރީގެ ބޭނުމަށް ކޯޓާ ކަނޑައަޅާފައިވަނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލާއި އެއްގޮތަށްކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: