ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އޯޕީޑީ މިއަދަށް ބަންދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސްވަންދެން މެދުނުކެނޑި ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާތީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ އައުޓް ޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) މިއަދަށް ބަންދުކޮށްފިއެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވި ގޮތުގައި، އޯޕީޑީ ބަންދުކުރި ނަމަވެސް، މި ހަތަރު ހޮސްޕިޓަލުން ވެސް އިން-ޕޭޝަންޓް ޑިޕާޓްމަންޓް (އައިޕީޑީ)ގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެއެވެ. މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ މި ހޮސްޕިޓަލްތަކުގެ އޯޕީޑީ ބަންދުކުރަން ނިންމީ ހޮސްޕިޓަލް ސަރަހައްދުގައި ފެން ބޮޑުވެފައިވާތީ، ބަލިމީހުންނަށް ހޮސްޕިޓަލަށް ދިއުމުގައި ދަތިތަކާ ކުރިމަތިވާނެތީއެވެ.

ޚާއްޞަކޮށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ހުންނަނީ މާލޭގައި އެންމެ ފެންބޮޑުވާ ސަރަހައްދުގައި ކަމަށްވާއިރު، އިއްޔެ އާއި ރޭ ކުރި ވިއްސާރައިގައި އެ ސަރަހައްދުގެ މަގުތައް އޮތީ ފެނުއަޑީގައެވެ. ވަކިން ޚާއްޞަކޮށް އައިޖީއެމްއެޗު ހުންނަ މަގުގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައެވެ.

މޫސުން ގޯސްވެ، ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: