ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރަކަށް ރާއްޖޭގެ ދީން ބަދަލުކުރާނެ ކަމަށް ބުނެ ސުވާލެއް އުފެއްދޭނެ ޖާގައެއް ނެތް: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ރާއްޖޭގެ ދީން ބަދަލުކުރާނެ ކަމަށް ބުނެ ސުވާލެއް އުފެއްދޭނެ ޖާގައެއް ނެތްކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، ފެހި ޤާނޫނުއަސާސީ ޑްރާފްޓް ކުރެވެމުން ދިޔައިރު ޑްރާފްޓިންގ ކޮމިޓީގެ މަފްހޫމަކަށް ވެފައި އޮތީ، އިންތިޤާލީ މަރުހަލާގައި އުފެދިގެން ދިޔަ ސުޕްރީމް ކޯޓުގެ މެންބަރުންގެ އަދަދަކީ 5 މެންބަރުން ކަމަށެވެ. އަދި 2010 ވަނަ އަހަރު އެންމެ ފުރަތަމަ ޤާނޫނު ވުޖޫދުވެގެން އައި އިރު، ޤާނޫނުއަސާސީގައި ވަކި އަދަދެއް ބަޔާންކޮށްފައި ނުވާ ކަމަށާއި، ހަމައެކަނި ފަނޑިޔާރުންގެ އަދަދު ވާންޖެހޭނީ އޮނަހިރި އަދަދަކަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

”ޕީޕީއެމްގެ ފިކުރުން ޤަބޫލުކުރީ ޤާނޫނުއަސާސީ ޑްރާފްޓް ކުރެވިގެން ދިޔައިރު އިންތިޤާލީ މަރުހަލާގައި ޚާއްޞަކޮށް އެހެން އޮތުމުގެ ސަބަބުން 5 އެއީ އެންމެ ރަނގަޅު އަދަދު ކަމަށް،“ ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ އަދަދު ފުރަތަމަ 5 އިން 7 އަށް ބަދަލުކުރި ކަމަށް ފާހަގަކުރެއްވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، 2014 ވަނަ އަހަރު އަނެއްކާވެސް އިންތިޤާލީ މަރުހަލާގައި ބުނެފައިވާ އަދަދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރެވުނު ކަމަށެވެ. އޭގެފަހުން އެމްޑީޕީގެ ވެރިކަމުގައި މުޅި ބެންޗު އެއްކޮށް ބަދަލުކުރެވުނު ކަމަށާއި، ގިނަ ފަނޑިޔާރުންގެ އިސްތަށިފުޅުގައި ސުލޫކީ މައްސަލަ އަޅުއްވައި ފަނޑިޔާރުން ބޭރުކުރެވުނު ނަމަވެސް، ފަހުން އެ ސުލޫކީ މައްސަލަތައް އެއްވެސް މައްސަލައަކަށް ނުވާގޮތަށް ނުނިމި އޮތް ކަމަށް ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ ޤާނޫނު ހެދުމާއި ޤާނޫނު ބަދަލު ކުރުމަކީ ޤާނޫނު ހަދާ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށާއި، ހެދޭ ޤާނޫނުތައް އޮންނަންވާނީ ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

”އެހެންވީމާ އޭގެ މަނަޔަކީ އިސްލާމްދީނުގެ އަސްލަކާއި ހިލާފުވާ ގާނޫނެއް ގާނޫނުއަސާސީއަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެޔޭ. އެއީ ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނަވާ ފަނޑިޔާރުންނަށް އުފެއްދޭނެ ސުވާލެއްވެސް ނޫން. އެއީ އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ގާނޫނެއްވެސް ގާނޫނުއަސާސީއަށްވެސް ރައްޔިތުންގެ މަޖިލީހަށް ހުށަވެސް ނޭޅޭނެ. އެއީ އަޅުގަނޑުމެންގެ ގާނޫނުން އެއަށް ތަނެއްވެސް ނުދޭ. އެހެންވީމާ ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނަވާ ބޭފުޅަކު ދިވެހިރާއްޖޭގެ އިސްލާމް ދީން ނޫނެކޭ ބުނެގެން ގެނެވޭ އިސްލާހެއް މިތަނަށް ހުށައެޅިދާނެތޯ. މިއީ ސުވާލުވެސް އުފެއްދެންވެސް ޖެހޭ މައްސލައެއް ނޫން“

ޝުޖާއު ވިދާޅުވީ ގާނޫނުއަސާސީގައި ބުނެފައިވަނީ ގާނޫނު ހަދާ މަޖިލީހަށްވެސް ގާނޫނު ހެދޭނީ ވަކި ހުދޫދެއްގެ ތެރެއިން ކަމަށެވެ. ސިޔާސީ ކަންކަމާއި، އެމްޑީޕީގެ ކަންކަމުގައި ގޮތް ނިންމާ ފައިސަލާ ކުރަންވެއްޖެނަމަ އެއީ އެއްބާރުން އަނެއް ބާރުގެ މައްޗަށް ބަސްބުނުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުތައް ބެހިގެންވަނީ 3 ބާރަށް ކަމަށާއި، އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވާ ބާރު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: