ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ފަނޑިޔާރުންނަށް ބިރުދައްކާކަމަށް ވިދާޅުވެ ސުއޫދު އިސްތިއުފާ ދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީފުޅެއްގައި ސަރުކާރުން ފަނޑިޔާރުންނަށް ބިރުދައްކައި، އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުންދާކަމަށް ވިދާޅުވެފައިވެއެވެ.

ފަނޑިޔާރު ސުއޫދުގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ”ގޮނޑިގެއްލޭ އިސްލާޙުގެ މައްސަލައަކީ ސުޕްރީމް ކޯޓުގައި ބެލޭނެ މައްސަލައެއްކަމަށް ނިންމުމާއެކު، މި ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވައި، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ހުއްޓުވާލުމަށް މަސައްކަތް ކޮށްފައިވެއެވެ.“

މީގެ ކުރިން، 26 ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން – ހުސްނުއްސުއޫދު، ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު – ވަނީ ސަސްޕެންޑް ކުރެވިފައެވެ. މި ސަސްޕެންޝަން އައީ ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރެއް ނެރުމާ ގުޅޭ އަޑުއެހުން ފެށުމުގެ ކުރިންނެވެ. އޭސީސީން ހިންގާ ޖިނާއީ ތަޙްޤީޤަކާ ގުޅިގެން ކަމަށް ބުނެ މި ފަނޑިޔާރުން ސަސްޕެންޑް ކުރުމަށްފަހު، ޖޭއެސްސީން ވަނީ އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްވެސް ބަލަން ފަށާފައެވެ.

ސުއޫދުގެ ސިޓީފުޅުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ”ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ބިލެއް ފާސްކޮށް، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަކަށް ނިންމެވުމަށްޓަކައި ޤާނޫނުއަސާސީއާ ޚިލާފަށް ނުފޫޒު ފޯރުވަމުންދާކަން“ ކަމަށެވެ.

މި ހުރިހާ ސަބަބުތަކަށްޓަކައި، 4 މާރޗުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާކަމަށް ސުއޫދު ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: