ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު ލިސްޓަށް މިހާތަނަށް 600 އަށް ވުރެ ގިނަ ޝަކުވާ!

ގޯއްޗާއި ފްލެޓުތަކުގެ މައްސަލައިގައި ކުރި އިހުތިޖާޖުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އިއުލާނު ކުރި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހާތަނަށް 600ށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ 31 މާރޗުގެ ނިޔަލަށެވެ. އެގޮތުން ޝަކުވާ ހުށަހަޅާނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.

ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ހައްގު ވެރީންނަށް ފްލެޓް އެކަށައެޅުމަށް ފަހު، ބާކީ ފްލެޓް ހުރިނަމަ، ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނޭކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހައުސިންގ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް 675 މީހަކު ޝަކުވާ ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ 452 ޝަކުވާ އަދި ދެ ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ 223 ޝަކުވާ ހިމެނެއެވެ. 

ބޯހިޔާވަހިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ދައުރު ނިމުމުގެ ކުރިން އެންމެ ގިނަ ހައުސިން މަޝްރޫއުތައް ހިންގައި މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ހިނގަމުން މިދާ 2025 ވެގެން ދާނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެންމެ ގިނަ ހައުސިންއާއި ގުޅުން ހުރި ޕްރޮޖެކްޓުތައް ހިނގާނެ އަހަރަށެވެ.

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގައި ބޮޑެތި އޮޅުވާލުންތަކެއްވާކަމަށް ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަނުނުން އައީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ފްލެޓު ލިބުނުކަމުގެ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުން ޝަރުތު ހަމަނުވާއިރު ދޮގު ލިޔެކިއުންތައް ނުވަތަ ސައްހަ ނޫން ލިޔެކިއުންތައް އުފައްދައިގެން ހުށަހެޅިކަމުގެ ތުހުމަތު ކުރެވެއެވެ.

މި މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ފްލެޓު ހަވާލު ކުރައްވާނީ އެންމެ އިންސާފުވެރި ގޮތަށް ބަލައިކަމަށެވެ. އަދި ކުރީ ސަރުކާރުން ގެޒެޓު ކުރި ލިސްޓާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ އިންސާފުވެރިކޮށް އޮންނަ އުސޫލުގެ ތެރެއިން ފްލެޓު ލިބުނު އެއްވެސް ފަރާތެއްގެ ނަން ލިސްޓު އުނި ނުވާނެކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ދޫކުރި 4،000 ފްލެޓު ދީފައިވަނީ ޝަރުތު ހަމަވާ މީހުންނަށް ނޫންކަމަށް ބުނެ، އެކަމުގައި މައްސަލަތަކެއް އެބަހުރިކަމަށް ފާހަގަކޮށް މި ސަރުކާރުން ވަނީ ފްލެޓު ލިސްޓް އަލުން ރިއިވެލުއޭޓުކޮށްފައެވެ. ކުރިން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައި ވީ ނަމަވެސް ޝަރުތު ހަމަވީ އޭގެ ތެރެއިން 1،820 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: