އަމާޒަކީ މި ހިނގާ މާރިޗު މަހުގެ 10 ގެ ނިއަލަށް ރޯދަ ހަދިޔާ ބަހައި ނިންމުންކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ވަޒީރު އިތުރަށް ވިދާޅުވެފައި ވަނީ ހުވަދު އަތޮޅުގެ ދެ ބުރިއަށް މާދަމާ ރޯދަ ހަދިޔާގެ ގޮތުގައި ބަހައި މަސްދަޅު ކޭސް ލިބިލައްވާނެކަމަށެވެ. އޭރުން ރާއްޖޭގެ ހުރިހައި ހިސާބަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވުނީ ކަމަށްވެސް ވަޒީރުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ރޯދަ ހަދިޔާއާ ބެހޭ ގޮތުން މިނިސްޓަރ ކުރެއްވި ޕޯސްޓާއެކު ރަމަޟާން މަހު މާލޭގައި ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ތަންތަން ހާމަކޮށް ވުޒާއިން ކޮށްފައިވާ ޕޯސްޓް ވެސް ހިމަނުއްވައިފައިވެއެވެ.
މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ވެސް މި ރަމަޟާން މަހު ރޯދަ ހަދިޔާ ބަހަނީ ރޭގަނޑު 9.30 އިން 11.30 އަށެވެ. ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ބަހަންފައްޓާފައިވާ ހަދިޔާއެކެވެ. އެ ގޮތުން މި އަހަރު ބަހަމުން އަންނަނީ މަސްދަޅު ކޭހެެވެ.

