ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ ޑޭޓާ އެއްކުރުމުގެ މަސައްކަތަށް 4 ތަނެއް ހަމަޖައްސައިފި

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަންއިން ކުރިއަށްދާ ހަރަކާތުގެ ތެރެއިން. މި ހަރަކާތުގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވޭ / ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންގެ ބައޯމެޓްރިކްސް ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރުމަށް 4 ތަނެއް ހަމަޖައްސާފައިވާކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ. އެގޮތުން އެން.ސީ.އައި.ޓީ ގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަޙައްދުގައި ގާއިމްކޮށްފައިވާ ޑެސްކުގެ އިތުރުން ކަލާފާނު ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރިއަށްދެއެވެ.

ހޯމް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެ ތަންތަނުގައި 2025 މާރޗް 09 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ދުވަހު ހެނދުނު 09:30 އިން 16:00 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށް ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވެއެވެ.

އަދި ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި 2025 މާރޗް 06 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ރޭގަނޑު 21:30 އިން 00:30 އަށް ހުޅުމާލެ ފޭސް 1 ގެ ރެހެންދި ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމުގައި މިނިސްޓްރީން މައުލޫމާތުދެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7690228 ށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: