ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުންނާ ގާތްކަމެއް ބާއްވާ މިނިސްޓްރީއެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރާނަން: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

މުވައްޒަފުންނަށް އަޅައިލައި، އިޙްތިރާމުކުރާ އަދި މުވައްޒަފުންނާ ގާތްކަމެއް ބާއްވާ މިނިސްޓްރީއެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް، ސިޓީސް މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބުން ބޭއްވި ހަފްލާގައި މިނިސްޓަރ ވިދާޅުވީ އަންހެން ކަބަލުންނަކީ އެ މިނިސްޓްރީއަށް، އިޙްސާސްނުކުރެވޭހައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވައި، މިނިސްޓްރީގެ ވަރަށް ގިނަ ކަންކަމުގައި ހީނުކުރާ ފަދަ ބޮޑެތި ޤުރުބާނީވެ ވަޑައިގަންނަވައި ބޭފުޅުން ކަމަށް ހިތުގެ އަޑިން، އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ވަރަށް ވަރުގަދަ އިނގިރޭސި ބަހެއްގައި ބުނާ ފަދައިން، ޤައުމެއް އެ ޤައުމެއް ތަހުޒީބުވެގެން ދިޔުމުގެ އަސްލަކީ އަންހެނުން ކަމަށެވެ. އަދި ޚާއްޞަކޮށް، ސިޓީސް މިނިސްޓްރީއަށް ބަލައި ނަމަ މިހައި ތަނަށް ބޭއްވި ކޮންމެ ކަމެއްގައި އެ ކަމަށް ދިރުން ގެނެސްދިން ބޭފުޅުންނަކީ އަންހެން ބޭފުޅުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީގައި ކުރާ ކަންކަމުގައި އެންމެ ފޯރީގައި މަސައްކަތްކުރައްވަނީ އަންހެން ބޭފުޅުން ކަމަށާއި އެހެންނަމަވެސް އެ މިނިސްޓްރީއަކީ ނިސްބަތުން ފިރިހެން މުވައްޒަފުންނަށް ވުރެ އަންހެން މުވައްޒަފުން މަދު ތަނެއް ކަމަށެވެ. ނަމަވެސް ކުރާ މަސައްކަތްތަކަށް ބަލައި އިރު ނިސްބަތުން އަންހެން މުވައްޒަފުން މަދުތަނެއް ނުދައްކާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: