ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރަކާއި ރ.ދުވާފަރުގައި ދަރިވަރުންގެ ދަނާލެއް ގާއިމްކުރަނީ

މިނިސްޓްރީން ސޮއިކުރި އެއްބަސްވުންތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީން ސޮއިކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމުގެ މަސައްކަތާއި، ރ. ދުވާފަރުގައިވެސް ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާއިމު ކުރުމުގެ މަސައްކަތެވެ.

ކުޅުދުއްފުށީގައި ވޮކޭޝަނަލް ސެންޓަރު ޤާއިމުކުރުމުގެ މަޝްރޫއު ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެވެ. އަދި ރ. ދުވާފަރުގައިވެސް ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާއިމު ކުރުމުގެ މަސައްކަތްވެސް ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލު ކުރެވިފައެވެ.

ކުޅުދުއްފުށީގައާއި ދުވާފަރުގައި ދަނާލަކާއެކު ތަރައްޤީ ކުރެވޭ ކިޔަވައިދިނުމުގެ ވަޞީލަތްތަކާއެކު، ޓެކްނިކަލް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު ލެވެލް ގެ ކޯސްތައް ހިންގުމަށް މަގުފަހިވާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން ފާހަގަކުރާ ގޮތުގައި މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާ ކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދަނާލުގެ ޚިދުމަތާއެކު ތަރައްޤީ ކުރެވޭ މިފަދަ އިންސްޓިޓިއުޓަކުން ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

ކުޅުދުއްފުށި ސިޓީ ގައި ބިނާ ކުރެވޭ އިންސްޓިޓިއުޓް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 35،777.88 އަކަފޫޓްގެ ޖާގައިގައެވެ. މި އިންސްޓިޓިއުޓްގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7(ހަތެއް) ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ.

ރ.ދުވާފަރުގައިވެސް ޓްރެއިނިންގ އޭރިއާއަކާއެކު އެކަމަޑޭޝަން ޚިދުމަތްތައް ބިނާ ކުރުމަށް 15،000 އަކަފޫޓްގެ ބިމެއް ހަމަޖެހިފައެވެ. މިތަނުގައި ޝެއަރިންގ 31 ރޫމް ހުންނައިރު ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން  ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އިތުރުކޮށް ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ.

މި ޕްރޮޖެކްޓުގެ އިތުރުން މިހާރުވެސް ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖަކާއި، ރ.އަލިފުށީގައި ޓިވެޓް ސެންޓަރަކާއި، ނ.ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

ދިވެހިންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަކީ މިސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކަށްވާއިރު ކުޅުދުއްފުށީގައާއި ދުވާފަރުގައި މި ގާއިމު ކުރެވޭ ކިޔަވައިދިނުމުގެ ވަޞީލަތްތަކާއި ދަރިވަރުންގެ ދަނާލުތަކުގެ ސަބަބުން މަތީ ތަޢުލީމުގެ ފުރުޞަތުތައް އުނގެނުމަށް ހުރި ގޮންޖެހުންތައް މަދުވެ، މިހާރަށްވުރެ ގިނަ ގޮތްގޮތުން ފަސޭހަވެގެން ދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: