ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުން ކުރާނެ މަސައްކަތެއް ނެތް، މިއީ ސަރުކާރާއި ބަންޑާރަ ނައިބުގެ މައްސަލަ: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުން ކުރާނެ މަސައްކަތެއް ނެތްކަމަށާއި މިއީ ސަރުކާރާއި ބަންޑާރަ ނައިބުގެ މައްސަލަކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއި ބެހޭ ގާނުނަށް ހުށައަޅާފައި އޮތް އިސްލާހާއިމެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، ކައުންސިލްތަކަށް ދީފައި އޮތް ބާރެއް މިވަގުތަށް ސަރުކާރަށް ނެގުމަކީ އެންމެ ރަނގަޅު ގޮތްކަމަށްވާނަމަ އެގޮތަށް ކަންތައް ކުރެއްވުމަކީ މައްސަލައެއް ނޫންކަމަށެވެ.

ޒިޔާދު ވިދާޅުވީ ހަގީގަތުގައި އޮތް މައްސަލައަކީ ދައުލަތުގެ ބަންޑާރަ ނައިބެއް ނެތުންކަމަށެވެ. ސަރުކާރުން މީހަރު އައްޔަނުކޮށްފައިވާ ބަންޑާރަ ނައިބަށް އެކަށީގެންވާ ގާނޫނުތައް ނެހެދުމަކީ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވިއެވެ. ބަންޑާރަ ނައިބު ކުރާނެ މަސައްކަތެއް ނެތްކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ދެން ރޯދަ މަހު އައިސް އެކަކު އަނެކަކު ޒުވާބުކޮށްލަން، އިއްޒަތްތެރި މެންބަރު އައިފާންމެންގެ ނަންބަރު މަތި ކޮށްލަން ވަރަށް ފައްކާކަމެއް މި، އިތުރު އެއްވެސް ކަމެއް އަނެއްހެން ނެތް.

ޒިޔާދު ވިދާޅުވިއެވެ.

މަޖިލީހަށް ބޭނުންވާ މިންވަރަށް ސަރުކާރުން މަސައްކަތްތައް މަޖިލީހަށް ހުށަނާޅާކަމަށް ތަކުރާރުކޮށް ފާހަގަކޮށް ޒިޔާދު ވިދާޅުވީ އެއީ މެންބަރުންގެ މައްސަލަ ނޫންކަމަށާއި، އެއީ ސަރުކާރުގެ މައްސަލަކަމަށެވެ. މަޖިލީސް ބަންދުކޮށްފައި އޮތް ނަމަވެސް މާ ބޮޑު ތަފާތެއް ނޯންނާނެކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މަޖިލީހުން މަސައްކަތް ކުރާކަމަށް ބުނެ ރިޔާސަތުން ކޮންމެ ދުވަހަކު އެކަން ފާޙަގަކުރަން ޖެހޭ ސަބަބަކީ ސަރުކާރުގެ ހަޑި ފޮރުވުންކަމަށެވެ. މަޖިލީހުން މަސައްކަތް ކުރާކަމަށް ދެއްކުމަށް މަޖިލީހުގެ ހުރިހާ ތަފާސް ހިސާބުތަކެއް ރިޔާސަތުން ހާމަކުރަނީވެސް މަޖިލީހުގައި ހަގީގަތުގައި ކުރާނެ މަސައްކަތެއް ނެތުމުންކަމަށެވެ.

ޒިޔާދު މިހެން ވިދާޅުވީއިރު، މަޖިލީހުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ބުނާ މައްސަލައިގައި މަޖިލީހުގެ ރިޔާސަތުން ވަނީ ރައްދުދެއްވާފައެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގައި ކުރެވޭ މަސައްކަތްތައް ނިންމާލި ނަމަވެސް މަޖިލީހުގެ ކޮމިޓީތަކުގައި މަސައްކަތްތައް ކުރިއަށްދާކަމަށާއި، ހަގީގީ މަސައްކަތްތައް ކުރިއަށްދާނީ ކޮމިޓީތަކުގައިކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: