ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމާއި ބެހޭ އިސްލާހުތަކުގައި ނުރައްކާތެރި ކަންތައްތަކެއް އެބަހުރި: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓުއަރިޒަމްއާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ނުރައްކާތެރި ކަންތައްތަކެއް ހިމަނާފައިހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ޝަމްހީދު ވިދާޅުވީ، ފަތުރުވެރިކަމާއި ގުޅޭގޮތުން މަޖިލީހަށް ހުށައެޅިފައިވާ ބިލުގައި ރިސޯޓުތައް މަރާމާތު މަސައްކަތްތަކަށް ބަންދުކޮށްފި ހާލަތެއްގައި އަމަލުކުރުމަށް ގަވައިދެއް ކަނޑައެޅިފައިވާކަމަށެވެ. މެމްބަރު ވިދާޅުވީ، އެ ގަވައިދުގެ ދަށުން ރިސޯޓެއް މަރާމާތަށް ބަންދުކޮށްފި ހާލަތެއްގައި ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ނުހުޅުވިއްޖެނަމަ އެ ރިސޯޓު އެއްވެސް ބަދަލެއް ދިނުމެއް ނެތި އަނބުރާ ނެގޭނެކަމަށް ގަނޫނު ބުނާކަމަށެވެ.

ޝަމްހީދު ވިދާޅުވީ، އެއީ ގާނޫނުގައި ހިމަނާފައިވާ ނުރައްކާތެރި ޕޮއިންޓެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި މިއީ ގާނޫނުއަސާސީގެ މާއްދާއަކާއި ހިލާފު މާއްދާއަކާއި ހިލާފުވާ ކަމެއްކަމަށްވުން އެކަށީގެންވާކަމަށް ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، މީހުންގެ މުދާ ނެގޭނީ ޝަރުއީގޮތުން ދޭންޖެހޭ ބަދަލެއް ދިނުމަށްފަހުކަމަށް ގާނޫނުއަސާސީ ބުނާކަމަށެވެ.

މެމްބަރު ވިދާޅުވީ، ޓުއަރިސްޓް ހިދުމަތްދޭ ތަންތަން އިސްތިހާރުކުރުމަށްވެސް ގަވައިދެއް ހެދުމަށްވެސް ހިމަނާފައިވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރިސޯޓުތައް އިސްތިހާރުކުރުމާއި ރިސޯޓުތަކުގައި ނަންބޯޑުތައް ބެހެއްޓުންފަދަ ކަންކަންވެސް ކުރަންޖެހޭނީ ސަރުކާރުން ހަދާ ގަވައިދަކަށް ފެތޭގޮތަކަށް ކަމަށެވެ. ޝަމްހީދު ވިދާޅުވީ، މިއީވެސް ނުރައްކާތެރިކަމެއް ކަމަށާއި އެކަމުގެ ސަބަބުން ބައެއް ރިސޯޓުތަކަށް އިތުރު ފީތަކަކެއް ދައްކަން ޖެހުން އަދި އެހެނިހެން ދަތިތައް ކުރިމަތިވުން އެކަށީގެންވާކަމަށް ފާހަގަކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ، ހުށައަޅާފައިވާ ގާނޫނުގެ ދަށުން ކޮންމެ ރިސޯޓަކުންވެސް އަހަރަކު އެއް ފަހަރު ކޮމްޕްލައެންސް ރިޕޯޓެއް ހަދަންޖެހޭކަމަށެވެ. މެމްބަރު ވިދާޅުވީ، އެއީވެސް ރިސޯޓުތަކުން ކުރަންޖެހޭ އިތުރު މަސައްކަތެއްކަމަށާއި އެއީވެސް އިތުރު ގަވައިދެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: