ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު-އެޕްއިން ޑޮނޭޓްކޮށްގެން ހިޔާތަކުގައި ތިބި ކުދިންނަށް އެހީވުމުގެ ފުރުސަތު!

ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭ ފީޗަރ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ވަނީ ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭ ފީޗަރއެއް ތައާރަފްކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޮނޭޓްކުރެވޭނެ މަގު ތަނަވަސްކޮށްދީފައެވެ.

ދިރާގުން ވެސް ވަނީ މި ކަމުގައި ބައިވެރިވެ، ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 150،000 ރުފިޔާ ހަދިޔާކުރަން ނިންމައިފައެވެ. އަދި، ދިރާގުގެ ކަސްޓަމަރުންނަށް ވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުއެޕް މެދުވެރިކޮށް ދިރާގުން ވަނީ ހުޅުވައިލައިފައެވެ. މި ގޮތުން، ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭނެ ހިޔާތަކަކީ:

  1. ފިޔަވަތި
  2. އަމާން ވެށި އަދި އަމާން ހިޔާ

ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރސް (އެފް.ސީ.އެސް.ސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ. މި ގޮތުން، ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާއެވެ. އަދި، އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.

ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެޕްގައިވާ ޕްރީސެޓް އަދަދުތަކުން (10 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، އަދި 500 ރުފިޔާ) އަދަދެއް ހިޔާރުކޮށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ހަދިޔާ ކުރެވޭނެއެވެ. އަދި، ޕްރީޕެއިޑް ކަސްޓަމަރުންނަށް ބާކީ ހުރި ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ހަދިޔާ ކުރެވޭނެއެވެ.

ދިރާގުއެޕް މެދުވެރިކޮށް ލިބޭ ޑޮނޭޝަންތަކުގެ އެހީގައި، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުން ކުދިންނަށް ކޮށްދޭން ކަނޑައަޅައިފައިވާ ކަންކަމަކީ:

  1. ކުދިންގެ ކިޔަވާ ކޮޓަރިތައް އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލް އަދި ކިޔެވުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހޯދައިދިނުމަށް.
  2. ކުދިން ކުޅޭ ސަރަހައްދުތަކުގައި ޓާފް އަޅައިދީ، އެ ސަރަހައްދުތަކަށް އިތުރު ތަނަވަސްކަން ގެނެސްދިނުމަށް.
  3. ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގައި ކުދިންގެ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުސަތުތައް ހޯދައިދިނުމަށް.
  4. ޒުވާނުންނަށް (16 އަހަރުން މަތީގެ ކުދިންނަށް) ވަޒީފާއަށް ތައްޔާރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް.

ހުރިހާ އެންމެން ވެސް މުޖުތަމައުގައި ބައިވެރިކުރުމަކީ ދިރާގުގެ ސީ.އެސް.އާރުގެ ދަށުން ވަރަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ދާއިރާއެކެވެ. މި ގޮތުން، ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެޝި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަރނެޓް ފޯރުކޮށްދީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: