ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރުމަށް، ނަރީޝް ޑެޕިއުޓީ މޭޔަރުކަމުން އިސްތިއުފާ ދީފި

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނެވި އަހުމަދު ނަރީޝް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރުކަމުންނާއި، ސިޓީ ކައުންސިލްގެ މެމްބަރުކަމުން އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފި އެވެ.

ހަތަރު އަހަރު ކައުންސިލްގައި ހިދުމަތް ކުރެއްވުމަށް ފަހު، ޑެޕިއުޓީ މޭޔަރުކަމުންނާއި މާފަންނު މެދު ދާއިރާގެ މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ހުށަހެޅުއްވި ސަބަބެއްކަމަށް ނަރީޝް ވިދާޅުވީ ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމެވެ.

އިސްތިއުފާގެ ސިޓީގައި ނަރީޝް ވިދަޅުވީ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަކީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުން އިންތިހާބު ކުރެވޭ މަގާމެއްކަމަށާއި އެރު މަގާމަށް ބޮޑު ވާދަވެރިކަމެއް އޮއްވައި ކައުންސިލްގެ މެންބަރުން އޭނާއަށް އިތުބާރުކޮށް ދިން ފުރުސަތަށް ޝުކުރު އަދާކުރާކަމަށެވެ. ނަރީޝް ވިދާޅުވި ގޮތުގައި ކައުންސިލްގައި އޭނާ ހޭދަކުރި މުއްދަތަކީ ތަފާތު ތަޖުރިބާތަކެއް ކުރެވި، އަމިއްލަ ނަފްސާއި ޝަހުސިއްޔަތު ބައްޓަން ކުރުމުގައި ލިބިގެން ދިޔަ ފުރުސަތެކެވެ.

ނަރީޝް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނަވައި ކުރެއްވި މަސައްކަތުން ފެނިގެން ދިޔައީ، ނަތީޖާ ނެރުމަށް ގެންގުޅުއްވާ ހިތްވަރުކަމަށެވެ. އަދި އެކަމަށް ތަފާތު އެކި ސިޔާސީ ފިކުރުތަކާއި އެކު ކުރެއްވި މަސައްކަތުން ވެސް އެމަނިކުފާނުގެ ގާބިލުކަމާއި ރިވެތި ނަމޫނާ ފެނިގެން ދިޔަކަމަށް ވިދާޅުވި އެވެ. ނަރީޝް ވިދާޅުވީ ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނަވައި، އެތައް ހެޔޮ ބަދަލެއް ގެންނަނެވިކަމަށެވެ.

މީގެއިތުރުން މާލޭގެ މޭޔަރު އާދަމް އާޒިމަށް ޝުކުރު ދަންނަވައި، ނަރީޝް ވަނީ އެކުގައި ކުރެވުނު މަސައްކަތުން ރަނގަޅު ނަތީޖާތައް ނެރެވުނުކަން ފާހަގަކުރައްވާފަ އެވެ.

ނަރީޝް ވިދާޅުވީ ކައުންސިލްގެ ކޮންމެ މެމްބަރަކާއި، އެކި ގޮތްގޮތުން ހިދުމަތް ކުރަމުންދާ މުވައްޒަފުންނަކީ އާއިލާއެއް ފަދަ ގުޅުން ބަދަހި ބައެއްކަމަށެވެ.

ސިޓީ ނިންމަވާލައްވަމުން ނަރީޝް ވަނީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ކައުންސިލް ކުރާ މަސައްކަތުގައި އޭނާގެ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެކަމށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
3%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 81%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 3%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: