ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ހިދުމަތް ނުލިބޭ ހުރިހާ ރަށެއްގައި މި އަހަރު މަރުކަޒުތައް ތަރައްގީ ކުރުން ކުރިޔަށް ދާނެ: މިނިސްޓްރީ

75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް ހަވާލު ކުރުން/ ފޮޓޯ: ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖެއަކީ އަމާންކަން ގާއިމުވެފައިވާ ކުށް މަދު މުޖްތަމައުއަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެކު ފުލުހުންގެ ހިދުމަތް ނުލިބޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް އަމިއްލަ މަރުކަޒުތައް ބިނާ ކުރުމަށް ހާއްސަ މަޝްރޫއުއެއް މި އަހަރުގެ ތެރޭގައި ކުރިޔަށް ގެންދަން ހަމަޖެހިއްޖެ އެވެ.

ހޯމް ލޭންޑް މިނިސްޓްރީން ބުނީ 75 ރަށެއްގައި ފުލުހުންގެ މަރުކަޒު ބިނާ ކުރުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާއި އެކު މިހަފްތާގައި ސޮއިކޮށްފައިވާކަމަށެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު މި މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން 15 ރަށެއްގައި، އާރްޑީސީއިން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ފުލުހުންގެ ހިދުމަތުގެ 91 އަހަރުވީ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މި މަޝްރޫއު ނިމިގެންދާއިރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ގާއިމު ކުރެވިގެން ދާނެިކަމަށެވެ. އަދި 2023 ނޮވެމްބަރު 17 ގެ ނިޔަލަށް ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގެ ގޮތުގައި ހުރީ އެންމެ 17 ތަންކަމުގައިވެފައި ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގެ ގޮތުގައި ހުރީ 17 ތަންކަމަށް ބުންޏެވެ. މިއާއި އެކު ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނެތް 70 ރަށެއްގެ މަސައްކަތް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހޯދޭ ބޮޑު ކުރިއެރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހަމިއްޔަތު ހާމަވާ ސަބަބެއްކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ މިފަދަ ބޮޑު މަޝްރޫއުއެއް މިހާ ކުރު މުްއދަތެއްގެ ތެރޭގައި ފެށުމަށް ފުލުހުންގެ ހިދުމަތާއި، ފެނަކަ އަދި އާރުޑީސީ އާއި އެމްޓީސީސީއާއި މިނިސްޓްރީތަކުން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާކަމަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުގެ ދަށުން، ހިންގާ ޕްރޮޖެކްޓެކެވެ.

މި މަޝްރޫއު ނިމުމުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ، ޒަމާނީ މަރުކަޒުތައް ހުންނާނެއެވެ. މީގެ ސަބަބުން ފުލުހުންގެ ބަޖެޓުގެ ރިކަރަންޓް ހަރަދު ކުޑަކޮށް، ހިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުކުރެވޭނެއެވެ.

މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙެވެ.

މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވޭ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނެއެވެ. މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްގީކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމްކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުންވެސް ހިމެނެއެވެ.

ރައީސް މުއިއްޒު ވަނީ 2025 ވަނަ އަހަރަކީ އުމްރާނީ ތަރައްގީގެ އަހަރެއްގެ ގޮތުގައި ތަސައްވަރު ކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: