ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގަށް ސިނގިރޭޓު އުފެއްދި ކުންފުނީގެ ހުއްދަ ބާތިލުކޮށް، އެތަކަތި ނައްތާލަން އަންގައިފި

ފުލުހުން އަތުލައިގަތް ބައެއް ތަކެތި ގެންދާ މަންޒަރު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ސިނގިރޭޓު އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ކުންފުނީގެ ވިޔަފާރި ރެޖިސްޓްރީ ބާތިލުކޮށް، އެތަކެތި ނައްތާލުމަށް އަންގައިފި އެވެ.

މިއީ ހެންވޭރުގައި ހުރި ގެއެއްގައި، ސިނގިރޭޓު އުފައްދާކަމުގެ މައުލޫމާތު ލިބި ފުލުން ކުރި ރެއިޑެއްގައި މިދިޔަ ޖެނުއަރީ މަހު އަތުލައިގަތް ތަކެއްޗެވެ. އޮފީހެއްގެ މަސައްކަތް ކުރަމުން ދިޔަ ފްލޯއަކުން އަތުލައިގެންފައި ވަނީ 49،000 ފޮށި ސިނގިރޭޓެވެ.

ފުލުހުން ތަން ބަލައި ފާސްކުރި ރޭ، ގިނަ އަދަދެއްގެ ދުންފަތް ބަންދު ކުރި ފޮށިތައް ވެސް ނެރެފައި ވެއެވެ.

އޮފީސް ފްލޯ ކުއްޔަށް ނަގާފައި ވަނީ، ރޭޑިއަސް ކިޔާ ކުންފުންޏަކުން ނަމަވެސް އެއީ ކޮން ބަޔަކާއި ގުޅުން ހުރި ކުންފުންޏެއްކަން ސާފެއް ނޫނެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މައްސަލައިގައި އެ ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލުކޮށްފައިވާކަމަށެވެ. އަދި އަތުލައިގަތް ސިނގިރޭޓު ނައްތާލުމުގެ ހުއްދަ ހެލްތް މިނިސްޓްރީން ދީފައިވާކަމަށް ބުންޏެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން، ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: