ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ގުރުއާން އުނގަންނައިދިނުން ލާޒިމު: މިނިސްޓަރ ޝަހީމް

ވަޒީރު ޑރ ޝަހީމް: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތަކުގައި ގުރުއާން ކިޔަވައިދިނުމަކީ ކޮންމެހެން ލާޒިމު މަސައްކަތްތަކެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އއ މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ، ސޮއިކުރެވިފައިވަނީ އެ ރަށުގައި ޒަމާނީ އައު މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢުގައިކަމަށާއި މި މަސައްކަތްތައް ކުރެވިގެންދާނީ އާރްޑީސީ މެދުވެރިކޮށްކަމަށެވެ.

ޝަހީމް ވިދާޅުވީ، މާޅުގައި މިސްކިތެއް ބިނާކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު އިސްލާމް ދީނުގެ ކަންކަން ރާއްޖޭގައި ކުރިއެރުވުމުގެ ގޮތުން ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ތެރެއިން އެއް ވައުދުކަމަށެވެ. މިނިސްޓަރ ވިދާޅުވީ، 500 މީހުންގެ ޖާގައިގެ އިތުރުން ގުރުއާން ކިޔަވައިދެވޭނެ ކިލާސްރޫމަކާއި ފޮތް ކިޔަން ތިބެވޭނެ ގޮތަށް ކުޑަ ލައިބްރަރީއެއްވެސް ހިމެނޭނެކަމަށެވެ. އަދި މި ގުރުއާން ކްލާސްތަކަކީ ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ދަށުން ހިންގާނެ ކްލާސްތަކެއްގެ ގޮތުގައި މުސްތަގުބަލުގައި ހަމަޖެއްސުމަށް އުންމީދުކުރައްވާކަން ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިގޮތަށް އިސްލާމީ މަރުކަޒުތަކާއި ގުރުއާން ސެންޓަރުތަކާއި މިސްކިތްތަކުގައިވެސް ގާއިމުކުރެވޭ ކިލާސްރޫމްތަކުގައި ގުރުއާން ކިޔަވައިދެވޭނެ ގޮތެއް ނެތްނަމަ މުސްތަގުބަލުގައި ރާއްޖެއިން ބޭރުން މީހުން ގެނެސްގެންވެސް ކީރިތި ގުރުއާން އުނގަންނައިދެވޭނެ ނިޒާމެއް ގާއިމުކުރުމަށް އުންމީދުކުރައްވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައިވެސް މިވާހަކަތައް ވަރަށް ރަނގަޅަށް ބަޔާންކޮށްފައި އޮންނާނެކަމަށެވެ. އަދި މިއަހަރުގެ ތެރޭގައިވެސް 7 ރަށަކަށް ރާއްޖެއިން ބޭރުން މުދައްރިސުން ގެނެސްފައިވާނެކަމަށާއި ސަބަބަކީ ގުރުއާން ކިިޔަވައިދިނުމަކީ ރާއްޖޭގެ ރަށްތަކުގައި ކޮންމެހެންވެސް ލާޒިމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާތީކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: