ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އައްޔަންކުރައްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް އައްޔަންކުރެއްވި ހިކުމާ އަހްމަދަށް މަގާމުގެ ލިޔުން ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހުމަދު ނިޒާރު އައްޔަނުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި، ހިކުމާ އެ މަގާމަށް އައްޔަނު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ހިކުމާ ވަނީ، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. އަދި ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނު ކުރި ހިކުމާ މީގެކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމު 2020 އިން 2024 އަށް އަދާކުރައްވާފައެވެ.

ހިކުމާ ވަނީ ބެޗެލަރ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން، ހާސިލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: