ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ރައީސް މަޖިލީހަށް ހުށަހެޅުއްވީ ފަނޑިޔާރު ޝަހީދުގެ ނަންފުޅު!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަޤާމުގައި ހުންނެވި ހުސައިން ޝަހީދުގެ ނަންފުޅު ރައީސް ޑރ މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިޔަށް ދަނިކޮށް، ބައެއް ފަނޑިޔާރުންނާއި ގުޅޭގޮތުން ފެންމަތި ކުރި ސުލޫކީ މައްސަލައާއި އެކު ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިވަގުތު ތިއްބެވީ ސަސްޕެންޝަނުގަ އެވެ.

ހުސްވެފައިވާ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން މީގެ ކުރިން ހުޅުވާލި ފުރުސަތުގައި ދީފައި ވަނީ ދެ ދުވަހެވެ. އަދި މުއްދަތު ހަމަވީއިރު ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮަސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތެވެ.

ނިހާޔަތުގެ އިތުރުން، އެއްވެސް ބޭފުޅަކު މަގާމަށް ކުރިމަތިލާފައި ނުވާތީ ޖޭއެސްސީން އައު އިއުލާނެއް ކުރީ އެވެ. ސަބަބަކީ ކުރީގެ އިއުލާނުގެ ސުންގަޑި ހަމަވީއިރު، އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީއެވެ.

ސުންގަޑި ހަމަވިއިރު ނިހާޔަތުގެ އިތުރުން ދެން ކުރިމަތިލައްވާފައިވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން، ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމްއެވެ.

އޭގެ ތެރެއިން އިސްފަނޑިޔާރު ޝަހީދުގެ ނަންފުޅު ރައީސް ވަނީ މަޖިލީހަށް ފޮނުއްވަވާފައެވެ. އެހެންކަމުން އަންގާރަ ދުވަހުގެ ޖަލްސާގައި އެކަމާމެދު ދިރާސާކޮށް ގޮތެއް ނިންމުމަށް މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސައިން ޝަހީދު އައްޔަނުކުރެއްވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އަލްއުސްތާޒު ހުސައިން ޝަހީދަކީ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ، އަދި ބެޗެލަރސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2014 ނޮވެމްބަރު 26 ވަނަ ދުވަހުން ފެށިގެން ދަނީ ފަނޑިޔާރުކަން ކުރައްވަމުންނެވެ.

އޭނާ ވަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އެމަނިކުފާނު އައްޔަންކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: