ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން އަތޮޅު ތެރޭގައި ބޭއްވި ފުރަތަމަ ގޭމިންގ މުބާރާތް އައްޑޫ ސިޓީގައި ނިންމާލައިފި

"ގޭމްކުއެސްޓް-އައްޑޫ އެޑިޝަން"
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން ”ގޭމްކުއެސްޓް-އައްޑޫ އެޑިޝަން“ ގެ ނަމުގައި އަތޮޅު ތެރޭގައި ބޭއްވި ފުރަތަމަ ގޭމިންގ މުބާރާތް އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދިރާގާއި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އިންތިޒާމްކުރި ގޭމްކުއެސްޓް-އައްޑޫ އެޑިޝަން ކުރިއަށް ގެންގޮސްފައިވަނީ މާރިޗު މަހުގެ 16 އިން 17 އަށް އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައެވެ. ދެ ދުވަހު ކުރިއަށްގެންދިޔަ މި މުބާރާތުގައި 100 އަށް ވުރެ ގިނަ ގޭމަރުން ވަނީ ބައިވެރިވެފައެވެ. މިއީ އައްޑޫ ސިޓީގައި ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވައިފައިވާ މުބާރާތެކެވެ.

”ގޭމްކުއެސްޓް-އައްޑޫ އެޑިޝަން“ ގައި ވަނީ އީ.އޭ.އެފް.ސީ 25 ގެ މުބާރާތެއް ބާއްވައި، ވަނަވަނަ ހޯދައިފައިވާ ގޭމަރުންނަށް ޖުމްލަ 10،000 ރުފިޔާގެ އިނާމް ދީފައެވެ.

މި މުބާރާތުގެ އިތުރުން، ޖީ.ޓީ7 ރޭސިންގ ސިމިއުލޭޝަން، އެސްޓްރޮ-ބޮޓް އަދި ވީ.އާރ ސިމިއުލޭޝަން ގޭމްތައް ކުޅޭ ފްރީ ސްޓޭޝަންތައް ވަނީ ހިމަނައިފައެވެ. މި ގޭމްތަކަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އަދި، ”ގޭމްކުއެސްޓް-އައްޑޫ އެޑިޝަން“ ގައި ބައިވެރިވި ގޭމަރުންގެ މެދުގައި ވަނީ ލަކީޑްރޯއެއް ނަގައި، ނަސީބުވެރި 4 ފަރާތަކަށް ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: