ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު 148 މީހުން ހައްޔަރުކުރި: ފުލުހުން

ފުލުހުންގެ ވެހިކަލްތަކެއް:/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 692 މައްސަލައެއް ހުށަހެޅި، 148 މީހަކު ހައްޔަރުކުރެވުނު ކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ.

ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ ޓްރެފިކް މައްސަލަތަކެވެ. އެގޮތުން 153 ޓްރެފިކް މައްސަލަ ހުށަހެޅިފައިވާއިރު، މަސްތުވާތަކެއްޗާ ގުޅުންހުރި 110 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 48 މައްސަލަ އަދި މާރާމާރީ ހިންގުމުގެ 40 މައްސަލަ ހުށަހެޅިފައިވެއެވެ.

ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، މި 10 ދުވަހުގެ ތެރޭގައި ސްކޭމްގެ 70 މައްސަލަ ހުށަހެޅިފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، ބިރުދެއްކުމާއި އިންޒާރު ދިނުމުގެ 38 މައްސަލައާއި، ގެވެށި އަނިޔާގެ 19 މައްސަލަވެސް ހުށަހެޅިފައިވެއެވެ.

ކަންބޮޑުވުން ފާޅުކުރެވޭ އެއް ކަމަކީ ޖިންސީ ކުށްތަކާ ގުޅުންހުރި މައްސަލަތަކުގެ އަދަދެވެ. މި މުއްދަތުގެ ތެރޭގައި ޖިންސީ ކުށްތަކާ ގުޅުންހުރި 15 މައްސަލައާއި، ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ 16 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ހިޔާނާތުގެ 13 މައްސަލައާއި، ވައްކަމުގެ 8 މައްސަލަ އަދި ލިޔެކިޔުންތައް ނަކަލުކުރުމުގެ 8 މައްސަލަވެސް ހުށަހެޅިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އިތުރަށް ފާހަގަކޮށްލެވޭ ކަމަކީ ޑިޖިޓަލް ކުށްތަކުގެ ގޮތުގައި ސައިބަރ ކްރައިމްގެ 7 މައްސަލަ ހުށަހެޅިފައިވުމެވެ. މި ހުރިހާ މައްސަލަތަކަކީވެސް ފުލުހުން މިހާރު ތަޙުޤީޤު ކުރަމުންދާ މައްސަލަތަކެއް ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: