ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ނަގުދު ފައިސާއިން ވަޤުފު ކުރެވޭނެ ނިޒާމު ޤާއިމުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައިދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް މިނިސްޓްރީގެ ވަޤުފު ފަންޑު ތަރައްޤީކޮށް، ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް، (ކޭޝް ވަޤުފު) ކުރެވޭނެ ނިޒާމު ޤާއިމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ކޭޝް ވަޤުފުން އިންވެސްޓްކޮށް އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން ވަނީ ނިންމާފައެވެ.

އެހެންކަމުން ދިވެހިރައްޔިތުންގެ ތެރެއިން ﷲ ގެ މަގުގައި ނަޤުދު ފައިސާ ވަޤުފުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވިފައެވެ. އެގޮތުން ވަޤުފު ފަންޑަށް ޞަދަޤާތާއި، ޚައިރާތާއި، ހިބައާއި، ވަޞިއްޔަތުގެ ގޮތުން ދޭ ހަދިޔާވެސް ބަލައިގަނެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިބައި ފަންޑުގެ ތެރޭގައި ބެލެހެއްޓިގެންދާނީ ކޭޝްވަޤުފާ ވަކިން ހަރުދަނާ ނިޒާމެއްގެ ތެރެއިންނެވެ. މި ހެޔޮ ބަދަލަކީ ފަންޑު އުފެދުނުތާ 15 އަހަރު ފަހުން ގެނެވޭ އެންމެ ބޮޑު ހެޔޮ ބަދަލުތައްކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

ކޭޝްވަޤުފު ފަންޑު ފަށަނީ 15 މިލިއަން ރުފިޔާގެ ފަންޑަކާއެކުގައެވެ.

މިހާރު އިސްލާމިކް މިނިސްޓްރީން ވަނީ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑުން ހޭދަކުރުމުގެ އުސޫލުވެސް ތަފްސީލުކޮށް އާންމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: