ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު ސްޓެލްކޯއަށް 138 މިލިއަން ރުފިޔާގެ ފައިދާ!

ސްޓެލްކޯގެ އެމްޑީ ފަހުމީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު ސްޓެލްކޯއަށް ލިބުނީ 138 މިލިއަން ރުފިޔާގެ ފައިދާއެއްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިކަން ހާމަކުރެއްވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. މިދިޔަ ހަތް އަހަރު އެ ކުންފުނީގެ މާލީ ހިސާބުތައް ފަހުމީ ވަނީ އާންމުކުރައްވާފައެވެ.

2023 ވަނަ އަހަރު އެ ކުންފުންޏަށް 172 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން މި ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ނަމަވެސް ގެއްލުމުން އަރައިގަނެވިފައިވާކަމަށާއި، އެގޮތުން 138 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައިވާކަމަށް ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވި ގޮތުގައި މިދިޔަ ހަ އަހަރު ތެރޭ އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާއަކީ މިއީއެވެ.

ފައިދާ ލިބުނު އަހަރުތަކާއި، ލިބުނު މިންވަރު:

2018 ވަނަ އަހަރު: 105 މިލިއަން ރުފިޔާ
2019 ވަނަ އަހަރު: 109 މިލިއަން ރުފިޔާ
2020 ވަނަ އަހަރު: 130 މިލިއަން ރުފިޔާ
2021 ވަނަ އަހަރު: 105 މިލިއަން ރުފިޔާ
2022 ވަނަ އަހަރު: 107 މިލިއަން ރުފިޔާ

ފަހުމީ ވިދާޅުވީ ގެއްލުމުން އަރައިގަނެ މިދިޔަ އަހަރު ކުންފުނިން ފައިދާ ހޯދީ ވަސީލަތްތައް ހަރުދަނާގޮތުގައި ބޭނުންކުރުމާއި އިސްރާފު ކުޑަކުރުން އަދި ހިންގުމުގެ ނިޒާމު ހަރުދަނާކޮށްގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: