ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެމަފިރިންގެ ހާލު ސީރިއަސް!

އައިޖީއެމްއެޗް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އއ ރަސްދޫގެ ގެއެއްގެ ކޮޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއިއެކު ދެމަފިރިއަކު ފިހި ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ދައުރުވަމުންދާ މައުލޫމާތުތަކުގައިވާގޮތުން މި ހާދިސާ ހިނގާފައިވަނީ ގެއެއްގެ ތެރޭގައި ވަކިން ހަދާފައި ހުންނަ އެޕާޓުމެންޓެއްގެ ކޮޓަރިއެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގުމަށް ދިމާވި ސަބަބު ސާފުވެފައިނުވާއިރު ފިހުނު ދެމީހުންވެސް މާލެއަށް ގެނެސް ފަރުވާ ދީފައިވެއެވެ. ޑޮކްޓަރުންވަނީ އަނިޔާ ލިބުނު ފަރާތްތަކުގެ ހަށިގަނޑުގެ 90 އިންސައްތަ ފިހިފައިވާކަމަށެވެ. ބައެއް ނޫސްތަކުންވަނީ އެމީހުންގެ ފުރާނަ ސަލާމަތްކުރެވޭނެކަމުގެ އުންމީދު ނެތްކަމަށް ޑޮކްޓަރުން ބުނެފައިވާކަން އާއިލާއާއި ހަވާލާދީ ރިޕޯޓުކޮށްފައެވެ.

ރަސްދޫ ކައުންސިލުން މައުލޫމާތު ދިންގޮތުން އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދެމަފިރިންގެ އިތުރުން އަންހެން މީހާގެ މައިންބަފައިންވެސް ދިރިއުޅެމުންދިޔައެވެ. އަދިވެސް ދެމަފިރިންނަށް ފަރުވާ ދެމުންދާއިރު މިކަމުގެ އިތުރު ތަފްސީލެއް އައިޖީއެމްއެޗްއިން ހާމަކޮށްފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: