ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންވެރިޔާ ސްކީމުން ވަގަށް ގޯތި ދިން މައްސަލަ: ތަހުގީގު ނުނިމެނީސް ޕާސްޕޯޓުތައް ދޫކޮށްލައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އެމްޑަބްލިއުއެސްސީ ޑެޕިއިުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތި ދިން މައްސަލައިގެ ތަހުގީގުތައް ކުރިޔަށް ދާތީ ހިފެހެއްޓި ހުރިހާ ޕާސްޕޯޓެއް ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި އޭރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދާއި، އޭނާގެ ބޭބެ ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓިއެވެ.

ޕާސްޕޯޓުތައް ދޫކޮށްލީ ކީއްވެގެންކަމެއް ފުލުހުން ހާމައެއްނުކުރެއެވެ. ނަމަވެސް އަދި ތަހުގީގު ނުނިމޭކަމަށް ވަނީ މައުލޫމާތުދީފައެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ފަޒީލްގެ ނަން އޮތީ ގޯއްޗަށް ޝަރުތު ހަމަނުވާ މީހުންގެ ތެރޭގައި ނަމަވެސް އޭނާއަށް ރެޖިސްޓްރީއެއް ލިބި ބަނީ އެތަނުގައި އިންފާރު ވެސް ރާނާފައެވެ. އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ ފަޒީލާއި އެކު އިތުރު އެހެން ބަޔަކަށް ވެސް ގޯތީގެ ވަގު ރެޖިސްޓްރީ ހަދައިދީފައިވާކަން މި މައްސަލައާއިއެކު ފަޅާއެރިއެވެ.

މައްސަލައިގައި ފަޒުލްއާއި، ފަޒީލްގެ އިތުރުން އެޗްޑީސީގެ ބޯޑު މެމްބަރުންނާއި ބައެއް އިސް މުވައްޒަފުން ވަނީ ސަސްޕެންޑުވެސް ކުރިއެވެ. ސަސްޕެންޑްކޮށްފައިވަނިކޮށް ފަޒުލް ވަނީ ތުހުމަތުތަކަށް އިންކާރުކޮށް މަގާމުން އިސްތިއުފާދީފައެވެ.

މި މައްސަލައިގެ ތަހުގީގަށް ފަޒުލްގެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް 1.4 މިލިއަން ރުފިޔާވެސް ގެންދިޔައެވެ. ނަމަވެސް މި ފައިސާ ވަނީ އަނބުރާ ފަޒުލްއާއި ހަވާލުކޮށްފައެވެ.

މިއީ ފަޒުލްއަށް ކޮން ގޮތަކުން ލިބުނު ފައިސާއެއްތޯ ސުވާލު އުފައްދަމުން ދަނިކޮށް، ބައެއް އަތޮޅުތަކަށް ފެރީގެ ހިދުމަތް ދެމުން އަންނަ ”ރިލެކްސް ފެރީ ސާވިސް“ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއި އެކު މުއާމަލާތްކޮށް ލޯންޗެއް ބަނދެފައިވާނެކަމަށެވެ. އަދި އެ ލޯންޗުގެ ފެންވަރު ރަނގަޅުވުމުން، އިތުރު ލޯންޗެއް ބަނުމަށް މަޝްވަރާކޮށް މިދިޔަ އަހަރުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ދީފައިވާނެކަމަށް ބުންޏެވެ.

މީގެ އިތުރުން ފަޒުލްގެ ގެއިން ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ކޮރަޕްޝަންގެ މައްސަލަތަކުގައި ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްކަމާއި ސަރުކާރުގެ އެއްވެސް ކުންފުންޏެއް ނުވަތަ ދައުލަތުގެ އިދާރާއެއް، މުވައްސަސާއެއްގައި ކިރިޔާ ވެސް މިފަދަ ތުހުމަތެއް ކުރެވޭ ބައެއް ތިބި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ތިއްބަވާ ގުރޫޕަކަށް ފޮނުއްވެވި މެސެޖެއްގައި ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ކަމެއްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: