ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން އިސްލާމްދީނަށް ނަސްރު ދިނުމަށްވުރެ އިސްކަންދޭނެ އެހެން ސިޔާސަތެއް ނޯންނާނެ: ރައީސް

ޙާފިޡުންގެ ދަސްވެނިވުން ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ޤުރުއާނުގެ ފަންނު އުނގަންނައި ދިނުމުގެ ފަންނުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާއިރު، ކީރިތި ޤުރުއާނުގެ ވަގުފް އިމާރާތެއް ގާއިމު ކުރުމަށްޓަކައި މާލެއިން ބިމެއް ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ބޭއްވޭ މިފަދަ ފުރަތަމަ ރަސްމިއްޔާތު ނަމަވެސް ކުރިޔަށް އޮތް އަހަރުތަކުގައި ދަސްވެނިވާ ހާފިޡުންގެ އަދަދު އެތައް ގުނައަކުން އިތުރުވެގެންދާނެކަމުގެ ފުރިހަމަ އުންމީދު އެމަނިކުފާނުގެ އެބައޮތް ކަމަށެވެ. ރައީސް ވިދާޅުވީ މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ދިވެހި ރައްޔިތުންގެ އެއްބާރުލުމާއި މައިންބަފައިން އެކުގައި ކުރާ މަސައްކަތުން ހާފިޡުންގެ އަދަދު އިތުރު ކުރުން ކަމަށެވެ.

މިރޭގެ ޝަރަފުވެރިވެރިންގެ ގޮތުގައި ވެގެން ދިޔައީ ކުޑަކުދިންނާއި، ޒުވާން އުމުރުގެ ކުދިންކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެއީ އެމަނިކުފާނަށް ހިތްހަމަޖެހުމާއި ހިތަށް ފިނިކަން ގެނުވި މަންޒަރެއް ކަމަށެވެ. އަދި މުޖްތަމައުގައި ޅަ ކުދިންނަކީ ކީރިތި ޤުރުއާން ހިތުދަސް ކުރިންނަށް ހެދުމަށް އެންމެން ގުޅިގެން ބުރަ މަސައްކަތެއް ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެއިން ނިކުންނާނީ އިރާދަކުރެއްވިއްޔާ ހެޔޮ ނަތީޖާ.. އަޅުގަނޑުމެންގެ ގައުމުގައި އިސްލާމް ދީނަށް ނަސްރު ދިނުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތުން ވެސް ނިކުންނާނީ ހެޔޮ ނަތީޖާ.. މި ސަރުކާރުގެ އެންމެ ފަހުރުވެރި، އަދި އެންމެ މަތިވެރި ޒިންމާއެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ އަދި އަމަލީ ގޮތުން ވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަސްރު ދިނުމުގައި.. އެއަށް ވުރެ އިސްކަން ދޭނެ ސިޔާސަތެއް މި ސަރުކާރުގައި ނޯންނާނެ..

ރައީސް މުއިއްޒު ވިދާޅުވީ އިސްލާމީ ކަންކަން އެންމެން ގުޅިގެން ކުރިޔަށް ގެންދިއުމަށް މިފަދަ ރެއެއްގައި އަޒުމު ކަނޑައަޅަން ޖެހޭކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ކީރިތި ޤުރުއާނުގެ ފަންނު އުނގަންނައި ދިނުމުގެ ފަންނުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް މިދިޔަ ދުވަސްތަކުގައި ކުރެވިފައިވާކަމަށެވެ. އަދި ކުރިޔަށް ވެސް އެކި ކަންކަން ރޭވިފައިވާއިރު ކީރިތި ޤުރުއާނުގެ ވަގުފް އިމާރާތެއް ގާއިމު ކުރުމަށްޓަކައި، އިސްލާމިކް މިނިސްޓްރީން އެދިފައިވާ ގޮތަށް މަލެއިން ބިމެއް ހަމަޖެހިފައިވާކަމަށް ރައީސް އިއުލާނު ކުރެއްވި އެވެ.

މި ވަގުފް އިމާރާތް ވެގެން ދާނީ ރައީސް ވިދާޅުވި ގޮތުގައި ވަރަށް ބޮޑު އިންވެސްޓްމަންޓަކަށެވެ. އަދި ފިކުރީ ގޮތުންނާއި ހުރިހާ މާނައެއްގައި ވެސް އޭގެ ފުރިހަމަ ނަތީޖާ ކުރިޔަށް އޮތް އަހަރުތަކުގައި ރައްޔިތުންނަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: