ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ ތިން އަހަރަށްވުރެ މި އަހަރު ފިތުރު ޒަކާތް ބަލައިގަތް މިންވަރު އިތުރު

ލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ތިން އަހަރަށްވުރެ މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ލިބިފައިވާ މިންވަރު އިތުރުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 13،264،819 ރުފިޔާ ލިބިފައިވެއެވެ. ނިމިދިޔަ އަހަރު ލިބިފައިވަނީ 12،594،777.92 ރުފިޔާކަމަށްވާއިރު 2023 ވަނަ އަހަރު 12،691،506.08 ރުފިޔާ ލިބިފައިވެއެވެ. 2022 ވަނަ އަހަރު ލިބިފައިވަނީ 11،669،385.10 ރުފިޔާއެވެ.

މި އަހަރު ގޮވާމުން ބަލައިގަނެފައިވަނީ 10،025.66 ކިލޯއެވެ. މިއީ އޭގެ ކުރީ ތިން އަހަރަށްވުރެ ދަށް އަދަދެކެވެ. 2024 ވަނަ އަހަރު ގޮވާމުން 12،959.29 ކިލޯ ގޮވާމުން ބަލައިގަނެފައިވެއެވެ. އަދި 2023 ވަނަ އަހަރު 12،380.85 ކިލޯ ބަލައިގަތް އިރު 2022 ވަނަ އަހަރު 10،092 ކިލޯ ބަލައިގަނެފައިވެއެވެ.

ފިތުރު ޒަކާތް ބަލައިގަނެފައިވާގޮތުގެ އިތުރު ތަފްސީލުތަކަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ ފައިސާ ބަލައިގަނެފައިވަނީ ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށްކަން ފާހަގަކުރެވެއެވެ. އެގޮތުން ބެންކު މެދުވެރިކޮށް 7،395،386 ރުފިޔާ ބަލައިގަނެފައިވެއެވެ. ދެވަނައަށް އެންމެ މަތީ އަދަދެއް ބަލައިގަނެފައިވަނީ ކައުންސިލުތަކުންނެވެ. އެއީ ޖުމުލަ 1،842،626 ރުފިޔާއެވެ. ތިންވަނައަށް އެންމެ ބޮޑު އަދަދެއް ބަލައިގަނެފައިވަނީ އިސްލާމިކް ބެންކު މެދުވެރިކޮށެވެ. އެއީ 1،200،724 ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: