ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ދުވަހުން ފެށިގެން އެމްޓީސީސީގެ ފެރީގެ ހިދުމަތް ކުޑަގިރިއަށް!

ކުޑަގިރި ޕިކްނިކް އައިލެންޑް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އީދު ދުވަހުން ފެށިގެން ކުޑަގިރިއަށް ފެރީގެ ހިދުމަތް ތައާރަފްކުރުމަށް ނިންމާފައިވާކަން އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީ އިން އާންމުކޯށްފައިވާގޮތުން ކުޑަގިރި ޕިކްނިކް އައިލެންޑަށް ފެރީގެ ހިދުމަތް ތައާރަފްކުރުމަށް ނިންމާފައިވަނީ އެ ރަށަށް ދިއުމަށްޓަކައި އޮންނަ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ދަތުރުކުރައްވާ ފަރާތްތަކަށް އިތުރަށް ފުރިހަމަކަމާއިއެކު ހިދުމަތް ދިނުމުގެ މަގުސަދުގައެވެ.

ފިތުރު އިދާއި ގުޅިގެން ތައާރަފްކޮށްފައިވާ މި ރޫޓުގެ ދަތުރުތައް ފެށުމުގެ ހާއްސަ ދަތުރުތަކެއް ކުރުމަށް ނިންމާފައިވާކަންވެސް ހިއްސާކޮށްފައިވެއެވެ. އަދި އީދު ދުވަހާއި ގުޅިގެން އަންނަ އިތުރު ބަންދު ދުވަސްތަކުގައި ދަތުރުތައް ރޭވިފައިވަނީ ހުކުރާއި ހޮނިހިރު ދުވަހުގެ ތާވަލާއި އެއްގޮތަށްކަންވެސް ފާހަގަކޮށްފައިވެއެވެ.

ފިތުރު އީދު ދުވަހުގެ މުނާސަބާގައި ދަތުރުތައް ރާވާފައިވަނީ މާލެއިން ކުޑަގިރިއަށް ހެނދުނު 9:00 އަދި 10:30 ގައެވެ. އަދި ކުޑަގިރިން މާލެއަށް 16:00 އާއި 17:30 ގައި ދަތުރުކުރާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އާންމު ދަތުރުތައް ހަމަޖެހިފައިވަނީ ހުކުރާއި ހޮނިހިރު ދުވަހުގައިކަމަށާއި ދަތުރުތައް ކުރުމަށް ބޭނުންކުރާނީ ހެންވޭރު ފެރީ ޓާމިނަލްކަމަށްވެސް ބުނެފައިވެއެވެ. މި ދަތުރުތަކުގެ އަގެއްގެ ގޮތުގައި ކޮޅަކަށް 70 ރުފިޔާ ނަގާނެކަންވެސް އާންމުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: