ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެންޓްރަލް ޕާކުގައި އީދުގެ އުފަލުގައި ހަވާ އަރުވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ފިތުރު އީދު ފާހަގަކުރަން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާ އަރުވަން ނިންމައިފިއެވެ.

އެޗްޑީސީއިން ބުނީ، މިރޭ 8:30 ގައި ޑްރޯން ޝޯއެއް ތިރީސް މިނެޓަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއަށްފަހު 9:00 ގައި ހަވާ އަރުވާނެ ކަމަށެވެ. އެފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ، އީދުގެ އުފާ ކުލަ ގަދަކޮށް ފާހަގަކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އީދާ ދިމާކޮށް ސެންޓްރަލް ޕާކުގައި މިއަދު ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް 4:00 އިން 6:00 އަށް ބާއްވައެވެ. މިދިޔަ އަހަރު ވެސް އީދުގައި ސެންޓްރަލް ޕާކުގައި ހަވާއެރުވުމާއި ކުޅިވަރުގެ ހަރަކާތްތައް އެޗްޑީސީއިން ބާއްވާފައިވެއެވެ.

ހުޅުމާލޭގެ އިތުރުން، އީދު ފާހަގަކުރުމަށް މާލޭގައި ވެސް ކުލަ ގަދަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ”އީދު ހަވީރު“ ގެ ނަމުގައި ބާއްވާ އެ ހަރަކާތްތައް ކުރިއަށްދާނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދުގައެވެ.

އީދު ހަދިޔާ ދިނުމާއި މުނިފޫހިފިލުމުގެ ގިނަ ހަރަކާތްތަކެއް އެ ސަރަހައްދުގައި ކުރިއަށް ގެންދަނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އީދު ފާހަގަކުރުމަށްޓަކައި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން އީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ 65 ރަށެއް އީދަށް ވަނީ ދިއްލާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: