ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން އީދަށް ސަޔާއި ހަދިޔާ

ދިރާގު އީދު ހަދިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ”ދިރާގު އީދު ސައި“ އަދި ދިރާގު ”އީދު ހަދިޔާ“ އަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

”ދިރާގު ސައި“ ގެ ނަމުގައި ބޭއްވި ހެނދުނުގެ ނާސްތާ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ އަރޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަދި ހުޅުމާލެއިން މި އިވެންޓްގައި ބައިވެރިވެފައެވެ.

މީގެ އިތުރުން، އެހެން އަހަރުތަކާ ވެސް އެއްފަދައިން ދިރާގުން ވަނީ އީދު ނަމާދަށްފަހު ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހާފައެވެ. މި ގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 7 އަތޮޅެއްގައި ވެސް ދިރާގުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އެއީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެތިއެވެ.

”މި ހަރަކާތްތަކުގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، އީދުގެ ޖޯޝާއި ފޯރީގައި އެއް ތަނަކަށް އެއްވެ އީދު ފާހަގަކޮށް، މި ހަރަކާތްތަކަށް މިހާ ބޮޑު ތަރުހީބެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މި ފަދަ ހަރަކާތްތައް މެދުވެރިކޮށް އެއްބައިވަންތަކަން އާލާކޮށް، މުޖުތަމައުއަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް“ ދިރާގުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވިއެވެ.

ދިރާގުން ދަނީ ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް އާންމުންނާއި ހަމައަށް ގެނެސްދީ، މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކާ އޮތް ގުޅުން ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: