ސާދަ އެންޓަރޓެއިންމެންޓުގެ މާލި ޕެރޭޑް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި އަހަރުގެ ފިތުރު އީދު ކުލަ ގަދަކޮށް ފާހަގަކުރުމަށް ސާދަ އެންޓަޓެއިންމަންޓުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތުގެ މީޑިއާ ޕާޓްނަރ ގެ ގޮތުގައި ”ސަންގު ޓީވީ“ ގުޅިއްޖެ އެވެ. މިދިޔަ އަހަރު ވެސް ކުރިޔަށް ގެންދިޔަ ކާމިޔާބު ހަރަކާތްތަކަށް ފަހު، ސާދަ އެންޓަޓެއިންމަންޓުން މި އަހަރުގެ ފިތުރު އީދު ފާހާގަކުރުމަށް ނިންމާފައި ވަނީ ސަގާފީ ފެސްޓިވަލް ނަމުގަ އެވެ. މި ހަރަކާތްތަކުގެ ހުރިހާ މައުލޫމާތަކާއި، މަންޒަރުތައް ބެލުންތެރިންނާއި ހަމައަށް މިފަހަރު ވެސް ގެނެސްދޭނީ ސަންގު ޓީވީ އެވެ.
ޓައިޓަލް ޕާޓްނަރެއްގެ ގޮތުގައި ހޮންޑާ ވެސް ބައިވެރިވެ މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުމާއި އެކު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސަގާފީ ފެސްޓިވަލްގައި، ކުޑަކުދިންނަށް ހާއްސަ ހަވީރާއި، ބޮޑު މަސް ހިނގުން، އީދު ބާޒާރު އަދި ރޭގަނޑުގެ މިއުޒިކް ސްޓޭޖް ޝޯވ ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލި ޕެރޭޑަކާއި އަދި ސްޓޭޖު ޝޯވް އެއް މިއަދު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލި ޕެރޭޑް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 – 22:00ށެވެ. މާލި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ރަސްފަންނުން ފެށިގެން އަދި ނިންމުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗަށެވެ. އަދި މިރޭގެ ސްޓޭޖް ޝޯވް އޮންނަނީ އާޓިފިޝަލް ބީޗުގައި 23:00 ޖަހާއިރުއެވެ.
ފިތުރު އީދުގެ އުފަލުގައި ސާދަ އެންޓަރޓެއިންމެންޓުން ވަނީ ސަގާފީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތްތައް 3 ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

