ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވައުދާ އެއްގޮތަށް ކެލާ ފަޅުގައި ރިޒޯޓު ތަރައްޤީ ކޮށްދޭނެ ބަޔަކު ހޯދަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީ ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން އިއުލާނުކޮށްފިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި ވަޢުދު ޙަޤީޤަތަކަށް ހެއްދެވުމަށް ޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކެލާގެ އިޚްތިޞާޞަށް ބަދަލު ގެންނަވާފައެވެ.

މި ބަދަލާ ގުޅިގެން، ތިލަދުންމަތީ އުތުރުބުރީ ކެލާގެ އިޚްތިޞާޞަށް ގެނެވުނު ބަދަލު ދައްކުވައިދޭ ޗާޓު ހިމެނޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރި އިޢުލާނުގައިވާ ގޮތުން، ތަރައްޤީކުރާ ކޮންމެ ރިޒޯޓެއްގައިވެސް މަދުވެގެން 200 އެނދުގެ ޖާގަ ހުންނަންވާނެއެވެ.

މި މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ދެ ސެޝަން އޮންނާނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާއި މެއި މަހުގެ 6 ވަނަ ދުވަހުގައެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: