ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށް ހިންގާ މަޝްރޫއުތަކަށް އިންވެސްޓްކުރަންޖެހޭ އަދަދު 100 މިލިއަން ޑޮލަރަށް އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، ސުލްހަ ގާއިމްކުރުމަށް ހިންގާ މަޝްރޫއުތަކަށް އިންވެސްޓްކުރަންޖެހޭ އެންމެ ކުޑަ މިންވަރު 100 މިލިއަން ޑޮލަރަށް އިތުރުކުރައްވައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.

ޓޫރިޒަމްގެ ގާނޫނުގެ ދަށުން، ދައުލަތުގެ އާންމު މަންފާއަށް ހިންގާ މަޝްރޫއުތަކަށް އިންވެސްޓްކުރަންޖެހޭ އެންމެ ކުޑަ މިންވަރު ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާއިރު، މީގެ ކުރިން މިކަމާ ގުޅޭގޮތުން ނެރުއްވާފައިވާ ގަރާރު އުވާލައްވައި، އައު ގަރާރެއް ރައީސް މުއިއްޒު މިއަދު ނެރުއްވާފައިވެއެވެ.

މި އައު ގަރާރުގެ ދަށުން، ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް ސުލްހަ ގާއިމްކުރުމަށް ހިންގާ މަޝްރޫއުތަކަށް އިންވެސްޓްކުރަންޖެހޭ އެންމެ ކުޑަ މިންވަރު 15 މިލިއަން ޑޮލަރުން 100 މިލިއަން ޑޮލަރަށް އިތުރުކުރައްވާފައިވެއެވެ. މިއީ ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާއެވެ.

ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިފަދަ ބަދަލެއް ގެންނަން ޖެހިފައިވާ ހާލަތު މިހާރު އައިސްފައިވާ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، ރަށްރަށް ގުޅުވުމަށް ކޯޒްވޭ އެޅުމާއި، އެއަރޕޯޓް އެޅުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމާއި، ބިން ހިއްކުން ފަދަ އެހެނިހެން މަޝްރޫއުތަކަށް ކަނޑައަޅާފައިވާ އެންމެ ކުޑަ މިންވަރަށް މި ގަރާރުގައި ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މި ބަދަލާ ގުޅިގެން، ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށާއި ސުލްހަ ގާއިމްކުރުމަށް ހިންގާ މަޝްރޫއުތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ލިބި، މި ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: