ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިލަންދޫގެ އައު ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމޭނީ 2026 ގެ ފަހުކޮޅު!

ފ ނިލަންދޫގެ މަގުމަތި
ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ނިލަންދޫގެ އައު ނަރުދަމާ ނިޒާމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ނަރުދަމާ ނިޒާމު ހަލާކުވެ، ރަށުގެ އެކި ސަރަޙައްދުތަކުން ނަޖިސް އަރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ރަށު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މަތީން ވިދާޅުވި ގޮތުގައި، ފ. ނިލަންދޫގެ ”ވެކިއުމް“ ނަރުދަމާ ނިޒާމަކީ 15 އަހަރަށް އަމާޒުކޮށް ޑިޒައިންކުރެވިފައިވާ ނިޒާމެއް ކަމަށާއި، މިހާރު އެ ނިޒާމަށް 18 އަހަރު ވެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި އަދި މިހާރުވެސް ނިޒާމު ހިންގައި، މަރާމާތުކޮށް ބެލެހެއްޓުމުގައި ދިމާވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވެމުންދެއެވެ.

މަތީން އިތުރަށް ހާމަކުރެއްވި ގޮތުގައި، ފ. ނިލަންދޫގައި ”ގްރެވިޓީ“ ނަރުދަމާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ޙަވާލުކުރެވިފައިވެއެވެ. މި މަޝްރޫޢުގެ ދަށުން އަލަށް ޤާއިމުކުރެވޭ ނިޒާމުގެ ޑިޒައިން މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މި ގޮތުން ޑިޒައިން މަސައްކަތަށް ބޭނުންވާ ބިންތައް ކަނޑައެޅުމާއި، ލޭންޑް ސަރވޭ އަދި ޓޮޕޮގްރަފިކް ސަރވޭގެ މަސައްކަތް ވަނީ ނިމިފައެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޑިޒައިން ނިންމުމަށްފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަތަކާއި އީއައިއޭ ނިންމާ، ޢަމަލީ މަސައްކަތް ރަށުގައި ފެށުމަށް ވަނީ މެއި މަހުގެ ތެރޭގައި ޝެޑިއުލްކުރެވިފައެވެ.

މިހާރު ރަށުގައި ޤާއިމުކުރެވިފައިވާ ވެކިއުމް ނިޒާމުގެ ޚިދުމަތް މެދުނުކެނޑި، އައު ގްރެވިޓީ ނިޒާމެއް ޤާއިމުކުރުމަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާނެ މަސައްކަތެއް ކަމަށް ވުމާއެކު، އައު ނަރުދަމާ ނިޒާމުގެ މަސައްކަތް މުޅިން ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ ފަހުކޮޅު ކަމަށްވެސް މަތީން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: