ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބ. އަތޮޅަށް މޯލްޑިވިއަން ސީޕްލޭން އޮޕަރޭޝަން ފުޅާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަން ބ. އަތޮޅަށް ފުޅާކޮށްފިއެވެ.

މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް ރާއްޖޭގެ އެހެން ސަރަހައްދަކަށް ފުޅާކޮށްފައި ވަނީ، ބ އަތޮޅުގެ ސަރަހައްދަށް ކަނެކްޓިވިޓީ އިތުރު ކުރުމުގެ ގޮތުންނެވެ. އެގޮތުން، އެންމެ ފުރަތަމަ އުދުހުންތައް ކުރިޔަށް ގެންދަން ފަށައިފައި ވަނީ ފިތުރު އީދާއި ދިމާކޮށް ސްޓެރެޖީކް ގޮތެއްގައި މާރިޗު 31 ގައެވެ.

މޯލްޑިވިއަން މައުލޫމާތު ދިން ގޮތުގައި އުދުހުންތައް ކުރިޔަށް ގެންދަނީ ބ. އަތޮޅުގެ ފުޅާދޫ، ފެހެންދޫ އަދި ގޮއިދޫއަށެވެ.

ފިތުރު އީދަށް ހާއްސަކޮށް ފެށި މި ދަތުރުތައް މޯލްޑިވިއަން މިހާރު ނިންމާފައި ވަނީ ހަފްތާއަކު ދެ ދުވަހު ޝެޑިއުލް ކުރުމަށެވެ. އެގޮތުން، މޯލްޑިވިއަން އިން އެންމެ ފަހުން ކުރި 2 ދަތުރުގައި ވެސް ސީޕްލޭންގެ ފުލް ކެޕޭސިޓީ ވަނީ ހާސިލުވެފައިކަމަށް މޯލްޑިވިއަން އިން ހާމަކޮށްފައިވެއެވެ.

މޯލްޑިވިއަން އިން ބުނެފައި ވަނީ، ބ. އަތޮޅަށް ތައާރަފު ކުރެވުނު އައު ހިދުމަތުގެ ސަބަބުން ދަތުރު ފަތުރު ކުރުމުގެ ދުވެލި އަވެސްވެ، އަދި ފަސޭހަގޮތެއް ލިބިގެންދާއިރު، ކުރެވޭ ދަތުރަށް ހޭދަވެގެންދާނީ އެންމެ 25 މިނިޓްކަމަށެވެ. އަދި ވައިގެ މަތިންދާއިރު ދިވެހިރާއްޖޭގެ ހިތްގައިމު މޫދުތަކާއި ރަށްތަކުގެ ރީތި މަންޒަރު ފެނިލުމުގެ ރަނުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަން ފުޅާކޮށްފައިވާއިރު، ޑޮމެސްޓިކް އުދުހުންތައްވެސް ވަނީ އީދު ދުވަހާއި ދިމާކޮށް އިތުރުކޮށްފައެވެ. އެގޮތުން، މޯލްޑިވިއަން އިން ވަނީ ރާއްޖޭގެ 11 ސަރަހައްދަކަށް 30 ފްލައިޓް އުދުއްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: