ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިވަޕޫލް އެއްބަސްވުމުގެ ސަބަބުން މުޅި ދުނިޔެއަށް ރާއްޖެ އިޝްތިހާރުވެގެންދާނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެ ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުވެގެން ދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ހާމަކުރެއްވި ގޮތުގައި މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރައްވާ ދަތުރެކެވެ. އެމްއެމްޕީއާރުސީގެ ވިޒިޓް މޯލްޑިވްސްއިން ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެ ވަނީ ލިވަޕޫލްގެ ޓޫރިޒަމް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހިފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ލިވަޕޫލްއަކީ ވަރަށް ގިނަ ސަޕޯޓަރުން ތިބި، ކާމިޔާބު ކްލަބެކެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި އެއްބަސްވުން އެކުލަވާލެވުނީ އިނގިރޭސިވިލާތަކީ ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށްވާތީއެވެ. މި އެއްބަސްވުމުގެ ސަބަބުން މުޅި ޔޫރަޕަށާއި ދުނިޔެއަށް ރާއްޖެ އިޝްތިހާރުވެގެންދާނެއެވެ. ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ މި ޕްރޮމޯޝަން ފެށުމުގެ ގޮތުން ބާއްވާ މެޗަށް ލިވަޕޫލް ފުޓްބޯޅަ ކްލަބުން ދެއްވި ދަޢުވަތަކަށެވެ.

ދެން އަޅުގަނޑު ބޭނުންވަނީ، ރާއްޖެއަށް މީގެ އެންމެ ބޮޑު އެކްސްޕޯޝަރއެއް ލިބޭނެގޮތަށް މިކަން ކޮށްދޭން. އެއީ، ރާއްޖޭގެ ޓޫރިޒަމާއި އަދި އިޤްތިޞާދަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ޙަޤީޤަތުގައި މިއީ. މިކަން ކުރިއަށް ގެންދިޔުމަކީ މިއީ، މި ޕާޓްނަރޝިޕްގެ ތެރެއިން ރާއްޖެއަށް މިކަން ފަހިކޮށްދިނުން. އެހެންވީމާ، އަޅުގަނޑު ދާން އެ ދަޢުވަތު ގަބޫލުކުރީ.

ރައީސް ވިދާޅުވިއެވެ.

ލިވަރޕޫލް ފުޓްބޯޅަ ކުލަބުގެ މެޗުތައް ކުޅޭއިރު، ދަނޑުގެ ލެޑް ސްކްރީންތަކުގައި ދިވެހިރާއްޖޭގެ ޕްރޮމޯޝަނަލް މެސެޖުތައް ފެންނަން ހުންނާނެކަމަށް ރައީސް އިއުލާނު ކުރެއްވިއެވެ. މީގެ އިތުރުން، އެ ކުލަބުގެ އެންމެހައި ސޯޝަލް މީޑިއާ ޗެނަލްތަކާއި ވިޔަފާރި އުފެއްދުންތަކުގައިވެސް ދިވެހިރާއްޖޭގެ ބްރޭންޑިންގ ހިމެނޭނެކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި އެއްބަސްވުމުގައި އިތުރު ގިނަ ކަންތައްތަކެއް ހިމެނޭކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އޭގެތެރޭގައި، އެމަނިކުފާނާއި ސްޕޯޓްސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކެއް ބޭއްވުމާއި، ދިވެހިރާއްޖޭގައި ލިވަރޕޫލް ފުޓްބޯޅަ އެކަޑަމީއެއް ގާއިމުކުރުން ހިމެނެއެވެ. މިއީ ގައުމުގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ބްރެޑްފަރޑަށް ޒިޔާރަތްކުރައްވާނެކަން ރައީސް ހާމަކުރެއްވިއެވެ. އެ ސަރަހައްދުގައިވެސް ފުޓްބޯޅައާ ގުޅުންހުރި މުހިންމު މަޝްރޫޢެއް ކުރިއަށްދާނެކަމަށާއި، އެއީ އެ ޔުނިވަރސިޓީގެ އިސްނެގުމުގެ ދަށުން ހިންގޭ ޕްރޮގްރާމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: