ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަހަން ޖެހޭ ފޮތްތަކުގެ 81 އިންސައްތަ ފޮތް ވަނީ ބަހާ ނިމިފަ: އެޑިއުކޭޝަން މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާސީ އައު އަހަރަށް ބަހަން ޖެހޭ ފޮތްތަކުގެ 81 އިންސައްތަ ފޮތް ވަނީ ބަހާ ނިމިފައިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ނުބެހި ހުރީ ހަމައެކަނި ގްރޭޑް 4 އަދި 5 ގެ ފޮތްތަކެވެ.

ސްކޫލުތަކުގެ އައު ދިރާސީ އަހަރު ފެށުމުގެ ކުރިން، މާލެ ސަރަހައްދުގެ ސްކޫލުތަކަށް ފޮތްތައް ދޫކޮށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް، ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ފޮތްތައް ފޮނުވުމުގައި ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އައްޑޫ ސިޓީ، ފުވައްމުލަށް އަދި ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ފޮތްތައް ފޮނުވުމަށްޓަކައި މިހާރު ވަނީ ބޯޓުތަކަށް އަރުވާފައެވެ. އަދި އެހެން އަތޮޅުތަކަށް ފޮތްތައް ވަނީ ފޮނުވާ ނިމިފައިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ސްކޫލު މަރާމާތުގެ މަސައްކަތްތައް

ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުތަކުގެ މަރާމާތަށް މިދިޔަ އަހަރު 30 މިލިއަން ރުފިޔާ ހޭދަކުރެވުނު ކަމަށާއި، މިއަހަރު 15 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިރާސީ އަހަރުގެ ބަދަލުތައް

އެޕްރީލް 7 ގައި ފެށޭ މި ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މިއަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. ފާހަގަކޮށްލެވޭ ކަމަކީ، ދެން އޮންނަ ދިރާސީ އަހަރު ފެށޭނީ ކޮވިޑް-19 ގެ ކުރިން އޮތް ގޮތަށް ޖެނުއަރީ މަހުގައި ކަމެވެ. މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: